
ކެނެޑާގައި 10 މީހެއްގެ ގަޔަށް ވަޅި ޖަހައި މަރާލުން: ހޯދަމުން ދިޔަ އަކަކު މަރާލާފައި އޮއްވާ ފެނިއްޖެ
# ކެނެޑާsask
ކެނެޑާގައި ވަޅިން ހަމަލާދީ 10 މީހުން މަރާލި ކަމަށް ތުހުމަތު ކުރެވޭ އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެޤައުމުގެ ފުލުހުން ބުނީ ފެނިފައިވަނީ ފުލުހުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ދެމީހުންގެ ތެރެއިން ޑޭމިއަން ސެންޑަރސަން އެވެ. އޭނާ ފެނުނު އިރު ހަށިގަނޑުގައި އަނިޔާތަކެއް ހުރި ކަން ފުލުހުން ވަނީ މީޑިއާ ތަކަށް ކަށަވަރު ކޮށްދީފައެވެ. އެހެން ކަމުން މިއީ އަމިއްލައަށް މަރުވުމުގެ ކޭސްއަކަށް ވުމަށް ވުރެން މާރާލުމުގެ ކޭސްއެއް ކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"އޭނާގެ ހަށިގަނޑު އޮތީ ބަލާ ފާސްކުރަމުން ދިޔަ ގެއަކާ ވަރަށް ކައިރީގައި އޮތް ވިނަގަނޑެއް ތެރޭގައި. އޭނާގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރިކަން އަޅުގަނޑުމެންނަށް ކަށަވަރު ކުރެވޭ،" ނިއުސް ކޮންފަރެންސެއްގައި ފުލުހުން ވިދާޅުވި އެވެ.
އޭނާގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ ވަޅި ޖެހުމުގެ ހާދިސާތަށް ހިނގި ޖޭމްސް ސްމިތް ކްރީ ނޭޝަން ސަރަހައްދުންނެވެ.
ފުލުހުން ދެން ހޯދަމުން ދަނީ މަރުވި ޑޭމިއަންގެ ބޭބެ މައިލްސް ސެންޑަރސަން އެވެ. އިއްޔެ ވަޅިން ހަމަލާދީ 10 މީހަކު މަރާލި މައްސަލައިގައި ފުލުހުން ތުހުމަތު ކުރަނީ މި ދެމީހުންނަށެވެ.
ޑޭމިއަން މަރާލީ މައިލްސް ސެންޑަރސަން ކަމަށް ޝައްކުކުރެވުނު ނަމަވެސް ތަހުޤީޤަށް އެކަން ޔަގީންވެގެންދާނީ މައިލްސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުމުންނެވެ.
ގުޅުންހުރި

ކެނެޑާގެ ބޮޑުވަޒީރުކަމުންނާއި ވެރިކަން ކުރާ ޕާޓީގެ ލީޑަރުކަމުން ޓްރޫޑޯ އިސްތިއުފާ ދެއްވަން ނިންމަވައިފި

ކެނެޑާގައި 10 މީހެއްގެ ގަޔަށް ވަޅި ޖަހައި މަރާލުން: ހޯދަމުން ދިޔަ އަކަކު މަރާލާފައި އޮއްވާ ފެނިއްޖެ

ކެނެޑާގައި 10 މީހެއްގެ ގަޔަށް ވަޅިޖަހައި މަރާލި ދެމީހުން ހޯދަނީ
