
ކެނެޑާގެ ބޮޑުވަޒީރުކަމުންނާއި ވެރިކަން ކުރާ ޕާޓީގެ ލީޑަރުކަމުން ޓްރޫޑޯ އިސްތިއުފާ ދެއްވަން ނިންމަވައިފި
# ކެނެޑާ--
ކެނެޑާގެ ބޮޑުވަޒީރުކަމުންނާއި ވެރިކަން ކުރާ ޕާޓީގެ ރައީސްކަމުން ޖަސްޓިން ޓްރޫޑޯ އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ރޫޑޯ އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން ބޭރުގެ ނޫސްތަކުން ރިޕޯޓުކުރަމުން ދަނިކޮށް ކެނެޑާގެ އޮޓާވާގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރޫޑޯ ވަނީ ކެނެޑާގެ ވެރިކަން ކުރާ ލިބަރަލް ޕާޓީގެ ލީޑަރުގެ މަގާމުންނާއި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން ރަސްމީކޮށް ކަށަވަރުކޮށްދެއްވާފައި އެވެ. މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީގެ ލީޑަރު ކަމަށާއި ބޮޑުވަޒީރުކަމަށް ބޭފުޅަކު އައްޔަނުކުރެވެންދެން ވަގުތީ ގޮތުން އެދެމަގާމުވެސް ފުރުއްވާނެކަން ޓްރޫޑޯ ވަނީ އެބައްދަލުވުމުގައި ފާހަގަކުރައްވާފައި އެވެ.
އެގޮތުން މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އިއްޔެކަން ފާހަގަކުރައްވައި ޓްރޫޑޯ ވިދާޅުވީ އައު ލީޑަރު އިންތިހާބުކުރުމުގެ މަސައްކަތް ކުރުމަށް ރޭ ލިބަރަލް ޕާޓީގެ ރައީސަށް ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށެވެ.
ޓްރޫޑޯ ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގައި ލިބަރަލް ޕާޓީގެ ލީޑަޝިޕް އެކުލަވާލުމުގެ މަރުހަލާ ކުރިއަށް ދާނެ ކަމަށާއި އެކަމާއި މެދު އުފާކުރައްވާ ކަމަށެވެ.
"2021 ވަނަ އަހަރު ތިން ވަނަ ފަހަރަށް އަޅުގަނޑުމެން އިންތިހާބުވީ ޕެންޑެމިކަށް ފަހު އިގްތިސާދު ހަރުދަނާކޮށް، ކެނެޑާގެ މަސްލަހަތު ތައް ކޮމްޕްލިކޭޓެޑް ދުނިޔޭގައި ކުރިއެރުވުމަށް. އެއީ ކެނެޑާގެ ރައްޔިތުންނަށް ޓަކައި އަޅުގަނޑާއި އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތް،" ޓްރޫޑޯ ވިދާޅުވި އެވެ.
ގުޅުންހުރި

ކެނެޑާގެ ބޮޑުވަޒީރުކަމުންނާއި ވެރިކަން ކުރާ ޕާޓީގެ ލީޑަރުކަމުން ޓްރޫޑޯ އިސްތިއުފާ ދެއްވަން ނިންމަވައިފި

ކެނެޑާގައި 10 މީހެއްގެ ގަޔަށް ވަޅި ޖަހައި މަރާލުން: ހޯދަމުން ދިޔަ އަކަކު މަރާލާފައި އޮއްވާ ފެނިއްޖެ

ކެނެޑާގައި 10 މީހެއްގެ ގަޔަށް ވަޅިޖަހައި މަރާލި ދެމީހުން ހޯދަނީ
