
skynews-tanya-pardazi-philosatea_5888253
ސްކައިޑައިވް ކުރަނިކޮށް ޓިކްޓޮކް އިންފްލުއެންސަރެއް މަރުވެއްޖެ އެވެ.

ރިޕޯޓްތަށް ބުނާގޮތުގައި 21 އަހަރުގެ ޓިކްޓޮކް އިންފްލުއެންސަރު ތާންޔާ ޕަރްޑާޒް މަރުވީ ސްކައިޑައިވް ކުރަނިކޮށް އޭނާގެ ރިޒާވް ޕެރަޝޫޓް އިންފްލެމޭޓް ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބި ބިމަށް ވެއްޓުމުންނެވެ.
ޓިކްޓޮކްގައި ލައްކައަކަށްވުރެ ގިނަ ފޮލޯވަރުން ތިބި ތާންޔާ ޕަރްދާޒީ މަރުވީ ސްކައިޑައިވް ޓޮރޮންޓޯއާއެކު ކޯހެއް ފުރިހަމަކުރުމަށްފަހު ފުރަތަމަ ސޯލޯ ޑައިވް ކުރުމުގެ ތެރޭގައި މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.
މީގެ ކުރިން މިސް ކެނެޑާގެ މުބާރާތެއްގައި ވެސް ބައިވެރިވި ކަމަށާއި އެ މުބާރާތުގައި އޭނާ ސެމީ ފައިނަލަށް ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ސްކައިޑައިވް ފެސިލިޓީގައި ދަރިވަރުން 4000 ފޫޓު މަތިން ފުރަތަމަ ޖަމްޕް ތައް ނެގުމުގެ ކުރިން ފުރަތަމަ ސްކައިޑައިވް ކާމިޔާބުކަމާއެކު ފުރިހަމަ ކުރުމަށް ބޭނުންވާ ހުރިހާ އަސާސްތަކެއް ފުރިހަމަ ކުރަން ޖެހެއެވެ. ނަމަވެސް އޭނާ މި އަސާސުތަށް ފުރިހަމަ ކުރި ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
އެ ފެސިލިޓީން ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި 21 އަހަރުގެ ދަރިވަރަކު މަރުވިކަން ކަށަވަރުކޮށްދިން ނަމަވެސް ޕަރްޑާޒްގެ ނަން ހާމަކޮށްފައެއް ނުވެއެވެ.