logoEN
Sto top
ޓިކްޓޮކް ޓްރެންޑެއްގެ އަޖުމަބެލި ކުއްޖަކު ސާޖަރީއެއް ކުރަން ޖެހިފައި

ޓިކްޓޮކް ޓްރެންޑެއްގެ އަޖުމަބެލި ކުއްޖަކު ސާޖަރީއެއް ކުރަން ޖެހިފައި

ޙުސައިން އާހިލް

logo

6/18/2022, 6:32:12 PM

# ހޮޅުއަށި# ޓިކްޓޮކް

Screenshot 2022-06-18 at 18.31.42

އޮންލައިން ޓްރެންޑެއްގެ އަޖުމަ ބެލި އުމުރުން 10 އަހަރުގެ ކުއްޖަކު ސާޖަރީއެއް ކުރަން ޖެހިއްޖެ އެވެ.

Wamco

މި ކަން ހިނގާފައިވަނީ އިނގިރޭސި ވިލާތުގެ ހާޓްފޯޑްޝަޔާގައެވެ. ޚަބަރުތައް ބުނާ ގޮތުގައި މިކަމެއް ހިނގީ، އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު، ސްލީޕް އޯވާ އަކަށް އޭނާގެ އުމުރުން ފަސް އަހަރުގެ ރައްޓެއްސެއްގެ ގެއަށް ގޮސް، ޓިކްޓޮކްގައި މަޝްހޫރުވި ޓްރެންޑެއްގެ އަޖުމަބެލުމުގެ ސަބަބުންނެވެ.

އެ ޓްރެންޑަކީ، ބޮޑީ ސްޕްރޭ ފުޅިއެއް އަތާ ކައިރީގައި ބަހައްޓައިގެން އަތަށް ސްޕްރޭކޮށް އަތް ގަނޑުކޮށްލުމެވެ. އެ ދެ ކުދިންވެސް ބޭނުންވީ އެކަމުގެ އަޖުމަ ބަލައިލާށެވެ. ފުރަތަމަ ސްޕްރޭ ކުރި ކުއްޖާގެ އަތުގައި ވަގުތުން ދިލަ ނަގަން ފެށިއެވެ. ގާތްގަނޑަށް ސްޕްރޭ ކުރެވުނީ 10 ސިކުންތަށެވެ. މިއީ މީގެ ދެ އަހަރު ކުރިން ހިނގި ކަމެކެވެ.

ނަމަވެސް އެއީ އާދައިގެ ކަމެއް ކަމަށް ދެކިގެން އެކަށީގެންވާ ސިއްޙީ އެހީތެރިކަން ހޯދާފައިނުވުމުގެ ސަބަބުން މިހާރު ކުއްޖާގެ އަތުގެ އެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ރަތްވެ، ގޯސްވެފައެވެ. އެހެންވެ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު އިރުޝާދު ދެއްވީ ވީ އެންމެ އަވަހަކަށް ޕްލާސްޓިކް ސާޖަރީއެއް ކުރުމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside