
-
ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމަކާ ހެދި ގެއަކަށް ވަދެ ހަމަނުޖެހުން ހިންގައިފި އެވެ.

ފުލުހުން ބުނީ ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމަކާ ހެދި މާފަންނު ގެއަކަށް ހެނދުނު ވަދެ ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 2 ފިރިހެނުންނެވެ. އެމީހުން މިހާރު ދޫކޮށްލާފައިވާ އިރު, މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޓިކްޓޮކް ލައިވްގައި ދޭތެރެދޭތެރެއިން ދެބަސްވުންތައް ހިނގައެވެ. މީގެ ތެރޭގައި ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ފަރާތްތައްވެސް ހިމެނެއެވެ.