logoEN
Sto top
ޓިކްޓޮކް ތަރި ޝިފާގެ އިސްތަށިގަނޑަށް ގެނައި ބަދަލުގެ ސިއްރު މި އޮތީ!

ޓިކްޓޮކް ތަރި ޝިފާގެ އިސްތަށިގަނޑަށް ގެނައި ބަދަލުގެ ސިއްރު މި އޮތީ!

# ޓިކްޓޮކް# ޝިފާ

Screenshot 2021-05-30 at 09.09.59

މަޝްހޫރު ޓިކްޓޮކް ތަރި އަދި ކުރިއަރަމުން އަންނަ ޒުވާން ފިލްމީ ތަރި މަރިޔަމް ޝިފާ އޭނާގެ އިސްތަށިގަނޑަށް ގެނައި ބަދަލުގެ ސިއްރު އޭނާގެ ސަޕޯޓަރުންނާއި ހިއްސާކޮއްފިއެވެ.

Wamco

ފަން، ދިގު، ރީތި އިސްތަށިގަނޑެއްގެ ގޮތުގައި އެންމެންވެސް ދެކޭ ޝިފާގެ އިސްތަށިގަނޑު މިހާރު އޮތީ ކުރުކޮށް ކޮށާލައިފައެވެ. މި ކަމުގެ ސިއްރު ހޯދުމަށް ގިނަބަޔަކު ދިޔައީ ޝިފާއާއި ސުވާލު ކުރަމުންނެވެ.

އިއްޔެ ހަވީރު ޓިކްޓޮކް ތަރި ނިމްޝާ އާއި އެކު ޓިކްޓޮކް ލައިވް އެއްގައި ޝަޕޯޓަރުން ކުރި ސުވާލު ތަކަށް ޖަވާބު ދެމުން ޝިފާ ބުނީ އިސްތަށިގަނޑަށް ގެނައި ބަދަލަކީ ޝިފާގެ "އެކްސް" އައްޓަކައި ގެނައި ބަދަލެއްް ކަމަށެވެ. " އެކްސް ވަރަށް ލޯބި ވާނެ ޝިފާގެ އިސްތަށިގަނޑު ދެކެ, ވަރަށް ލޯބިން ފިރުމާހަދާނެ, އެހެންވެ ދެން ބޭނުން ނުވަނީ އެހެން މީހަކަށް އެ ޗާންސް ދޭން" އެ ސުވާލަށް ޖަވާބު ދެމުން ޝިފާ ބުންޏެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ޝިފާ ނުދެއެވެ.

ޝިފާ ވަނީ ސަޕޯޓަރުންގެ ވަރަށް ގިނަ ސުވާލު ތަކަށް ޖަވާބު ދީފައެވެ. ކުރިމަތިވި ބައެއް ސުވާލުތަކުގެ ސަބަބުން ޝިފާ ރޯންވެސް ޖެހުނެވެ. ޝިފާއަކީ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހީދި ފަންނާނެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside