
awwwq
މަންޓާ އެއަރއިން ހއ. ހޯރަފުއްޓަށް ޗާޓަރޑް ޝެޑިއުލް ދަތުރުތަކެއް ފަށައިފިއެވެ.

މަންޓާ އެއަރއިން ހއ.ހޯރަފުށީ އެއަރޕޯޓަށް ޗާޓަރ ދަތުމަންޓާ އެއަރއިން ހޯރަފުއްޓަށްކުރާ ޗާޓަރ ދަތުރުތަކުގައި ބޭނުންކުރާނީ 18 މީހުންގެ ޖާގައިގެ އެއަރކްރާފްޓެކެވެ. މި އެއަރކްރާފްޓް ޕްރައިވެޓް ޗާޓަރއަށްވެސް ހުޅުވާލާފައިވާކަމަށް މަންޓާއިން ބުނެއެވެ.ރުތައް ފަށާފައިވަނީ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓްސްއާ ގުޅިގެންނެވެ. ހޯރަފުށީ އެއަރޕޯޓާއި ރީޖަނަލް އެއަރޕޯޓްސްއިންވަނީ ޓެސްޓް ފްލައިޓަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މިއަދު ބޭއްވި ޓެސްޓު ދަތުރުގައި މަންޓާ އެއަރއާއި ރީޖަނަލް އެއަރޕޯޓްސްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
މަންޓާ އެއަރއިން ހޯރަފުއްޓަށް ދުވާލަކު ދެ ފްލައިޓް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެންމެ ފަހުން އެ ކުންފުނިން ގެނައި ބީޗް ކްރާފްޓްގެ ބޯޓެކެވެ. މަންޓާ އެއަރއިން ހޯރަފުއްޓަށްކުރާ ޗާޓަރ ދަތުރުތަކުގައި ބޭނުންކުރާނީ 18 މީހުންގެ ޖާގައިގެ އެއަރކްރާފްޓެކެވެ.
ޖޭއޭ މަނަފަރާއި ގުޅިގެން ކޮންމެ ދުވަހަކުވެސް މަންޓާ އެއަރއިން ހޯރަފުއްޓަށް ކުރާ ޗާޓަރ ދަތުރުތަކުގައި ޖާގަ ހުރި މިންވަރަކުން ފަތުރުވެރިންގެ އިތުރުން ދިވެހިންނަށްވެސް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މަންޓާއިން ބުނެއެވެ.