logoEN
Sto top
މަންތާ އެއާގެ އޮފީހެއް އައްޑޫގައި ހުޅުވައިފި

މަންތާ އެއާގެ އޮފީހެއް އައްޑޫގައި ހުޅުވައިފި

އަހުމަދު މާހު

logo

3/20/2022, 4:12:19 PM

# އައްޑޫ ސިޓީ# މަންތާ އެއާ

275955042-149109964198023-7604279162310038064-n-1024x768-1

އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްދޭ އެއާލައިން ކަމުގައިވާ މަންތާ އެއާގެ އޮފީހެއް އައްޑު ސިޓީގައި ހުޅުވައިފިއެވެ.

Wamco

މަންތާ އެއާއިން އައްޑޫގައި އޮފީހެއް ހުޅުވީ އެ ސިޓީގެ ހިތަދޫގައެވެ. އޮފީސް ހުޅުވުމާއި އެކީ މަންތާ އެއާއިން ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް އޮފީހަށް ގޮސްގެން ޓިކެޓު ނެގޭނެއެވެ. އަދި އޮންލައިންކޮށް ވެސް ޓިކެޓު ނެގޭނެއެވެ.

މަންތާ އެއާގެ އޮފީހެއް އައްޑޫގައި ހުޅުވާފައިވާއިރު، އެ އެއާލައިނުން ވަނީ މިމަހުގެ 26 ގެ ނިޔަލަށް "މަންތާ އައްޑޫ ޕްރޮމޯ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށާފައެވެ. އެ ޕްރޮމޯޝަންގެ ދަށުން 22 ކިލޯގެ ޗެކްޑްއިން ލަގޭޖާ އެކު ކޮމްފަޓް (އިކޮނޮމީ) ކްލާހުގައި 1،250ރ. އަށް ދަތުރުކުރެވޭނެއެވެ. އަދި ކޮމްފަޓް ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 1،450ރ. އެވެ.

މީގެ އިތުރުން 35 ކިލޯގެ ލަގޭޖާ އެކީ ސަފާޔާ (ބިޒްނެސް) ކްލާހުގައި 1،850ރ. އަށް ދަތުރުކުރެވޭނެއެވެ. އެ ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 2،400ރ. އެވެ.

މަންތާއިން މިހާރު ނިންމާފައި އޮތީ ހަފްތާގެ ކޮންމެ ދުވަހަކު އައްޑޫއަށް ދަތުރުތައް ކުރުމަށެވެ. ނަމަވެސް ޑިމާންޑް އޮންނަ ވަރަކަށް ބަލައި ދަތުރުތައް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.

އައްޑޫގެ އިތުރުން މަންތާ އެއާއިން އަންނަނީ ބ.ދަރަވަންދޫއަށް ވެސް ދަތުރުތައް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside