
މިނިސްޓަރ ނަހުލާގެ އެންގުމާއިއެއްގޮތަށް މަންތާއެއާއިން ބަލިމީހުން އުފުލުމުގެ އިންތިޒާމް ހަމަޖައްސަނީ
# މަންތާ އެއާbatch_MantaAir_12_11_-15-690x460
ކުރިއަށް ތިން މަސް ދުވަހުގެ ތެރޭގައި ފްލައިޓްގައި ބަލި މީހުން އުފުލޭނެ ގޮތް ހެދުމަށް މަންޓާ އެއާ އާއި ފްލައިމީއަށް ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އަންގާފައިވަނިކޮށް މަންތާއެއާއިން ބަލިމީހުން އުފުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުޑަހުވަދޫގައި އެ ރަށު ބަލި މީހަކު މަންޓާ އެއާގެ މަތިންދާބޯޓެއްގައި މާލެ ނުގެންދިޔުމުގެ ސަބަބުން މުޒާހަރާތަކެއް ވަނީ ފެށިފައެވެ. އަދި މުޒާހަރާގެ ތެރެއިން ގިނަ ހަމަނުޖެހުންތަކެއްވެސް ވަނީ ފެނިގެންގޮސްފައެވެ. އަދި މަންތާއެއާއިން އޮޕަރޭޓްކުރާ ކުޑަހުވަދޫ އެއާޕޯޓުގެ އޮޕަރޭޝަނަށްވެސް ވަނީ ބުރޫތަކެއް އަރާފައެވެ.
މިއާއި އެކު އިއްޔެގެ ވަގުތެއްގައި ސިވިލް އޭވިއޭޝަނުން ވަނީ މަންތާ އެއާގެ އިތުރުން އޭޓީއާރް އެއާކްރާފްޓަތަށް ރާއްޖޭގައި ގެންގުޅޭ ފްލައިމީ ހިމެނޭހެން މެމޯއެއް ފޮނުފައި ބަލިމީހުން އުފުލުމުގެ އިންތިޒާމް ކުރިޔަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް އަންގާފައެވެ.
މި އެންގުމާއި އެކު މަންތާ އެއާއިން ރޭވަނީ ކުޑަހުވަދޫ ކައުންސިލާއި އެކު އެރަށު ރައްޔިތުންނާއި ބައްދަލުކޮށް ޖެހިގެން އުޅޭ މައްސަލަ ހައްލުކޮށްފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި އެރަށު ރައްޔިތަކު މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި ބަލިމީހުން އުފުލުމަށް މަންތާއެއާއިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެއާލައިނުން ގެންގުޅޭ އެއާކްރާފްޓްތަކުގައި ބަލިމީހުން އުފުލޭނެ ރަނގަޅު އިންތިޒާމެއް ނެތުމުގެ ސަބަބުން ނިންމާފައިވަނީ ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިންއާއި ގުޅިގެން ބަލިމީހުން އުފުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަަށެވެ. ނަމަވެސް ދުވާލު ވަގުތުތަކުގައި އެފަދަ އޮޕަރޭޝަނެއް ޖައްސަން ޖެހިއްޖެ ހާލަތެއްގައި މަންތާއެއާގެ ސީޕްލޭން ބޭނުންކުރުމަށެވެ.
މަންޓާ އިން ބަލި މީހަކު ގެންގޮސް ނުދޭ ކަމަށް ބުނެ ކުޑަހުވަދޫ ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި އިރު، މަންޓާއިން ބުނެފައި ވަނީ އެކުންފުނިން ބޭނުންކުރާ އޭޓީއާރް މަރުކާގެ ބޯޓުތައް ފަރުމާކޮށްފައި ހުންނަނީ ސްޓްރެޗާ އެރުވޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އޭގައި ބަލި މީހުން ނޫފުލޭނެ ކަމަށް ބުނެފައިވެއެވެ.
.gif&w=3840&q=75)






