logoEN
PNC TOP 3
މަންތާ އެއަރ އިން ލެވަލް 02 ގެ އޭވިއޭޝަން ސެކިއުރިޓީ ނެޝަނަލް އިންސްޓްރަކްޓަރ ސެޓިފިކޭޝަން ހާސިލްކޮށްފި

މަންތާ އެއަރ އިން ލެވަލް 02 ގެ އޭވިއޭޝަން ސެކިއުރިޓީ ނެޝަނަލް އިންސްޓްރަކްޓަރ ސެޓިފިކޭޝަން ހާސިލްކޮށްފި

އަހުމަދު ޝުރާއު

logo

4/17/2025, 7:36:00 AM

# މަންތާ އެއާ

--

މަންތާ އެއަރ އިން ލެވަލް 02 ގެ އޭވިއޭޝަން ސެކިއުރިޓީ ނެޝަނަލް އިންސްޓްރަކްޓަރ ސެޓިފިކޭޝަން ހާސިލްކޮށްފި އެވެ.

PNC MID 2

ޑިފެންސް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިޔުރިޓީ ރެގިޔުލޭޓަރީ އޮތޯރިޓީ ކަމުގައިވާ މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން އެކުލަވާލައި 2024 އޭޕްރިލް 15 ގައި ތަންފީޒް ކުރަންފެށުނު ދިވެހިރާއްޖޭގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިޔުރިޓީ ޓްރެއިނިންގ ޕޮލިސީގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ޕްރިވެޓް ސެކްޓަރ އިން ލެވަލް 02 ގެ އޭވިއޭޝަން ސެކިޔުރިޓީ ނެޝަނަލް އިންސްޓްރަކްޓަރ ސެޓިފިކޭޝަން ހާސިލްކުރި ފުރަތަމަ ފަރާތަކަށް މަންތާ އެއަރގެ ހެޑް އޮފް ކެބިންކުރޫ ޓްރެއިނިންގ އިބްރާހިމް ސައީދު ވެފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނިންގ ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުން އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނިންގ ޕޮލިސީގައިވާ މިންގަނޑަށް ތަމްރީން ކުރެވިފައިވާ ފަރާތްތަކަށްވާން ޖެހެއެވެ. އަދި މި މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދޭ މުދައްރިބުންނަކީ ޑާސާ އިން ހުއްދަ ދެވިފައިވާ ފަރާތްތަކަށްވާންޖެހެއެވެ.

މިއީ ރައީސްލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންގެ އިސްނެންގެވުމުގެ މަތިން އޭވިއޭޝަން ސެކިއުރިޓީ ސިނާއަތް ތަރައްޤީކޮށް ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ޤާބިލް މީހުން ބިނާކުރުމުގައި ހޯދުނު މުހިއްމު ކާމިޔާބެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC