
ކާބުލްގައި ހުންނަ ރަޝިއާގެ އެމްބަސީއަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 9 މީހަކު މަރުވެއްޖެ
# ރަޝިއާ# އަފްގާނިސްތާންqew2
ކާބުލްގައި ހުންނަ ރަޝިއާގެ އެމްބަސީއަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 9 މީހަކު މަރުވެއްޖެ އެވެ.

މަރުވި މީހުންގެ ތެރޭގައި އެމްބަސީގެ ދެ މުވައްޒަފަކު ވެސް ހިމެނޭ ކަމަށް ރަޝިއާގެ ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ. އެ މުވައްޒަފުންނަކީ ކޮން ބައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ މަރުވި ދެ މީހުންގެ އިތުރުން މަރުވެފައިވަނީ އަފްޣާނިސްތާނުގެ އާންމު ރައްޔިތުންތަކެއް ކަމަށެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯވް މިއަމަލު ސިފަކުރެއްވީ "ޓެރަރިސްޓް އަމަލެއް" ގޮތުގައެވެ. ސަރްގެއި ވިދާޅުވީ ހަމަލާއަށް ފަހު އިތުރު ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭތީ އެމްބަސީގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށާއި، ތާލިބާނުންގެ އިންޓެލިޖެންސް ސާވިސްއިން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"މި ޓެރަރިސްޓް އަމަލު ރޭވި ފަރާތްތަކާއި މި އަމަލު ހިންގި ފަރާތްތަކަށް ވަރަށް އަވަސް މުސްތަގުބަލެއްގައި ހައްގު އަދަބު ލިބޭނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
ކާބުލް ފުލުހުންގެ ތަރުޖަމާނު ޚާލިދު ޒަދްރާން ވިދާޅުވީ، އެމްބަސީގެ ގާޑުން ހަމަލާދިން މީހާ ހުއްޓުވީ، އަމިއްލައަށް މިޝަންގެ ދޮރުމައްޗަށް އެރުމުގެ ކުރިން ކަމަށެވެ. ނަމަވެސް އޭނާ ވަނީ ހަމަ އެވަގުތު އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ބޮން ގޮއްވާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅުންހުރި
އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދަށް ޕާކިސްތާނުން ދިން ވައިގެ ހަމަލާތަކެއްގައި 11 ކުޑަކުދިންނާއެކު 13 މީހުން މަރުވެއްޖެ

އަފްގާނިސްތާނުން ޕާކިސްތާނަށް ރައްދު ހަމަލާތަކެއް ދީފި

ޕާކިސްތާނު އަސްކަރިއްޔާއިން އަފްގާނިސްތާނަށް ވައިގެ ހަމަލާތަކެއް: ބަދަލު ހިފާނެ ކަމުގެ އިންޒާރު ތާލިބާނުން ދީފި




