logoEN
Sto top
އަފްގާނިސްތާނުން ޕާކިސްތާނަށް ރައްދު ހަމަލާތަކެއް ދީފި

އަފްގާނިސްތާނުން ޕާކިސްތާނަށް ރައްދު ހަމަލާތަކެއް ދީފި

އަހުމަދު ޝުރާއު

logo

12/28/2024, 11:36:14 AM

# ޕާކިސްތާނު# އަފްގާނިސްތާން

އަފްޣާނިސްތާނުގެ ތާލިބާން ސިފައިން އަވަށްޓެރި ޕާކިސްތާނުގެ "ބައެއް ތަންތަނަށް" ހަމަލާ ދީފައިވާ ކަމަށް އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.

Wamco

ހޮނިހިރު ދުވަހު ތާލިބާނުން ވެރިކަން ކުރާ އަފްގާނިސްތާނުގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައިބުނީ ހަމަލާތައް ދީފައި ވަނީ "ހައިޕޮޓިކަލް ލައިން" އިން ބޭރުން ކަމަށެވެ. އެގޮތުން މިއީ ދާދިފަހުން ޕާކިސްތާނުން އަފްގާނިސްތާނަށް ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާތަކެއްކަމަށް ވަނީ ބުނެފައި އެވެ.

"އަފްޣާނިސްތާނުގައި ހަމަލާތައް އިންތިޒާމުކޮށް ކޯޑިނޭޓްކުރީ ނިރުބަވެރިންނާއި އެ ފަރާތްތަކާއި އެޖަމާއަތްތަކަށް ތާއީދުކުރާ ފަރާތްތަކުގެ މަރުކަޒުތަކާއި ތަންތަނުގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ހައިޕޮޓިކަލް ލައިންއިން ބޭރުގައި ހުރި ގިނަ ޕޮއިންޓްތަކަކަށް. އެއީ ޕާކިސްތާނުގެ ދެކުނުއިރުމަތީ ދިމާލުން ދިން ބަދަލު ހިފުމުގެ ހަމަލާތަކެއް،" އެ މިނިސްޓްރީން ބުންޏެވެ.

އެ ބަޔާނުގައި އެއީ ޕާކިސްތާނަށް އަމާޒުކޮށް ދިން ހަމަލާތަކެއްތޯ ސުވާލު ކުރުމުން އެ މިނިސްޓްރީގެ ތަރުޖަމާނު އެނާޔަތުالله ޚުވަރާޒްމީ ވިދާޅުވީ އެއީ ޕާކިސްތާނުގެ ސަރަހައްދެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް އެއީ ޕާކިސްތާނުން ދިން ހަމަލާއެެއްގެ ބަދަލު ހިފުމެއްކަން ވަނީ ކަށަވަރުކޮށްދީފައި އެވެ.

މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އަމާޒުކުރެވިފައިވާ ވަކި ސަރަހައްދުތަކެއްގެ ތަފްސީލެއް ނުދެ އެވެ. ޕާކިސްތާނުގެ އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް ވިންގާއި ފޮރިން މިނިސްޓްރީގެ ތަރުޖަމާނުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އަފްޣާނިސްތާނުގެ ސަލާމަތީ މަސްދަރަކުން ހޮނިހިރު ދުވަހު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަފްޣާނިސްތާނު ސިފައިންނާ އެކު ބޯޑަރު ހުރަސްކޮށް ދިން ހަމަލާތަކުގައި ޕާކިސްތާނުގެ ޕެރަމިލިޓަރީ ސިފައިންގެ އެކަކު މަރުވެ ހަތް މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސާއި އަފްޣާނިސްތާނުގެ ޚުސްތު ޕްރޮވިންސާ ދެމެދު އޮންނަ ބޯޑަރު ސަރަހައްދުގައި ބޯޑަރު ސިފައިންނާ ދެމެދު ރޭގަނޑު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ބަރު ހަތިޔާރާއެކު ވެސް ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ދެ ގައުމުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

އަފްޣާނިސްތާނުގެ ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިހަފުތާގައި ބޯޑަރު ކައިރީގައި ދިން ވައިގެ ހަމަލާތަކުގައި ޕާކިސްތާނުން އަގްފާނިސްތާނުގެ 46 މީހުން މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

ޕާކިސްތާނުން ބުނީ ބޯޑަރު ސަރަހައްދުގައި ހަނގުރާމަވެރިން ތިބޭ ތަންތަނަށް ހަމަލާދިން ކަން ކަށަވަރުކޮށްދީފައި އެވެ. ނަމަވެސް އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުދަ ދުވަހު ވަނީ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside