
ޕާކިސްތާނު އަސްކަރިއްޔާއިން އަފްގާނިސްތާނަށް ވައިގެ ހަމަލާތަކެއް: ބަދަލު ހިފާނެ ކަމުގެ އިންޒާރު ތާލިބާނުން ދީފި
# ޕާކިސްތާނު# އަފްގާނިސްތާން--
ޕާކިސްތާނުގެ އަސްކަރިއްޔާއިން އަފްގާނިސްތާނަށް ވައިގެ ހަމަލާތަކެއްދީފި އެވެ.

ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލުންތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން އަވަށްޓެރި އަފްޣާނިސްތާނަށް ވައިގެ ހަމަލާތަކެއް ދީފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި، ޕަކްޓިކާ ޕްރޮވިންސްގައި ހުންނަ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ހަތިޔާރު އެޅި ޖަމާއަތުގެ ތަންތަނަށް އަމާޒުކޮށެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނުވަތަ އަސްކަރީ މީޑިއާ ވިންގް، އިންޓަރ ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން މި ހަމަލާއާއި ގުޅިެގން ރަސްމީ ބަޔާނެއް ނެރެފައި ނުވި ނަމަވެސް، ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ޕާކިސްތާނުގެ ސައުތު ވަޒީރިސްތާން ޓްރައިބަލް ޑިސްޓްރިކްޓް ކައިރީގައި އޮންނަ އަފްޣާނިސްތާނުގެ ބަރްމާލް ޑިސްޓްރިކްޓަށް ހަމަލާތައް ދީފައިވާކަން އަލްޖަޒީރާއަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
އަފްޣާނިސްތާނުގެ ތާލިބާނުންގެ ވެރިކަން ކުރާ އިންތިގާލީ އަފްޣާނިސްތާނު ސަރުކާރުން ވެސް ވަނީ ހަމަލާތައް ދިންކަން ކަށަވަރުކޮށްދީފައި އެވެ. ނަމަވެސް ހަމަލާގައި އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދީފައިވާ ކަމަށް އަފްގާނިސްތާނުން ތުހުމަތު ކުރެއެވެ. އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާއިން ބުނީ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ ރެފިއުޖީންތަކެއް މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށެވެ.
އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު އެނާޔަތުالله ޚުވަރާޒާމީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި މިފަދަ އާބިޓްރަރީ ފިޔަވަޅުތަކަކީ އެއްވެސް މައްސަލައެއްގެ ހައްލެއް ނޫންކަން ޕާކިސްތާނުން ވިސްނަން ޖެހޭނެ އެވެ.
އަދި އަދި އަފްގާނިސްތާނުން ޕާކިސްތާނުގެ މި ނުބައި އަމަލަށް ޖަވާބެއް ނުދީ ދޫކޮށްނުލާނެ ކަމަށާއި އެ ގައުމުގެ ސަރަހައްދު ދިފާއު ކުރުމަކީ ވާޖިބެއް ކަމަށް ބުނެ އޭނާ ވަނީ ޕާކިސްތާނަށް ނުސީދާ އިންޒާރު ދެއްވާފައި އެވެ.
ގުޅުންހުރި

އަފްގާނިސްތާނުން ޕާކިސްތާނަށް ރައްދު ހަމަލާތަކެއް ދީފި

ޕާކިސްތާނު އަސްކަރިއްޔާއިން އަފްގާނިސްތާނަށް ވައިގެ ހަމަލާތަކެއް: ބަދަލު ހިފާނެ ކަމުގެ އިންޒާރު ތާލިބާނުން ދީފި

ޕާކިސްތާނުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި ދެ ކުޑަކުދިން މަރުވެއްޖެ
