logoEN
Sto top
މަޑަވެލީގެ ތައުލީމީ ނިޒާމު އައު ހަރުފަތަކަށް: ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ ހުއްދަދީފި

މަޑަވެލީގެ ތައުލީމީ ނިޒާމު އައު ހަރުފަތަކަށް: ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ ހުއްދަދީފި

އަހުމަދު ޝުރާއު

logo

8/29/2022, 2:35:16 PM

# މަޑަވެލި ސްކޫލް# ހުސެއިން ފިރުޝާން

08D6AD4C-0C7A-4EF2-9AF2-3D1000AFD9FC

ގދ މަޑަވެލީ ސްކޫލުގައި އޭލެވެލް ނުވަަތަ މަތީ ޘާނަވީ ތައުލީމު ކިޔަވައި ދިނުމުގެ ހުއްދަ ދީފި އެވެ.

Wamco

އެޑިއުކޭޝަން މިނިސްޓްރީއިން އޭލެވެލް ކިޔަވައިދިނުމުގެ ހުއްދަ މަޑަވެލީ ސްކޫލަށް ދިނީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން މިކަމާއި ގުޅިގެން މިނިސްޓްރީއިން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަށް ވަނީ ފުރިހަމަކޮށްފައެވެ. މި ހުއްދަ އެސްކޫލަށް ދީފައިވަނީ މަތީ ޘާނަވީ ތައުލީމް ތައާރަފްކުރެވޭ ސްކޫލެއްގައި ހުންނަން ޖެހޭ ޝަރުތުތަށް ހަމަވުމާއި ގުޅިގެންނެވެ.

މަޑަވެލީގެ ތައުލީމު އެހެން ހަރުފަތަކަށް ގެންދިޔުމަކީ އެދާއިރާގެ މެމްބަރު ހުސެއިން ފިރުޝާންގެ ކެމްޕެއިން ވައުދެކެވެ. އަދި ފިރުޝާން ވަނީ މި މަސައްކަތް އަވަސްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ހުއްދަ ލިބުމާއި ގުޅިގެން މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ މިއަދަކީ މަޑަވެލިދާއިރާގެ ރައްޔިތުންނަށް، ޚާއްސަކޮށް މަޑަވެލިީ ރައްޔިތުންނަށް އަނެއްކާވެސް އުފާވެރި ދުވަހެއް ކަމަށާއި ކެމްޕެއިންގެ ތެރޭގައި މަޑަވެލި ދާއިރާގެ ތަޢުލީމު އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް ބުނި ބުނުން ހަގީގަތަކަށް ވެގެން މިދަނީ ކަމަށެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ މިއަދު ހުއްދަ ލިބުނު ކަމުގައިވީ ނަމަވެސް ކިޔަވައިދިނުން އަންނަ ދިރާސީ އަހަރުގައި ފެށުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އުންމީދަކީ އަންނަ އަހަރަކީ މަޑަވެލީ ސްކޫލުން އޭލެވެލް ކިޔަވައިދޭން ފެށޭ އަހަރަށް ވުންކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside