logoEN
cocacola
ރަޝިއާގެ އަލިފާން ފަރުބަދައަކަށް އަރަން އުޅުނު 8 މީހަކު މަރުވެ، އިތުރު ބަޔަކު ގެއްލިގެން ހޯދަނީ

ރަޝިއާގެ އަލިފާން ފަރުބަދައަކަށް އަރަން އުޅުނު 8 މީހަކު މަރުވެ، އިތުރު ބަޔަކު ގެއްލިގެން ހޯދަނީ

އަހުމަދު ޝުރާއު

logo

9/5/2022, 2:27:42 PM

# ރަޝިއާ

220905012428-klyuchevskaya-sopka-volcano-russia-exlarge-169

ޔުރޭޝިއާގެ އެންމެ އުސް އަލިފާން ފަރުބަދަ އަށް އަރަން މަސައްކަތްކުރި 8 މީހުން މަރުވެ އިތުރު ބަޔަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ގޮސިޔާ

ރަޝިއާގެ ދައުލަތުގެ ނިއުސް އެޖެންސީ އާރްއައިއޭ ނޮވޮސްޓީ އިން ބުނި ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ 12 މީހުންގެ ގްރޫޕެއްގެ ހިމެނޭ ބައެކެވެ. އޭގެ ތެރޭގައި ދެ ގައިޑުން ވެސް ހިމެނެ އެވެ.

ދެ ގައިޑުންނަނީ 30 އޮގަސްޓް އިން ފެށިގެން ރަޝިއާގެ އުތުރު އިރުމަތީ ކަމްޗަޓްކާ ޕެނިންސިއުލާ ސަރަހައްދުގައި އޮންނަ ކްލައިޗޭވްސްކަޔާ ސޮޕްކާ އަށް އަރަން މަސައްކަތްކުރި ގައިޑުންތަކެކެވެ.

4750 މީޓަރު (15580 ފޫޓު) ގައި ހުންނަ ކްލައިޗޭވްސްކަޔާ ސޮޕްކާ އަކީ ދުނިޔޭގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ އަލިފާން ފަރުބަދައެކެވެ.

ރަޝިއާގެ މިނިސްޓްރީ އޮފް ސިވިލް ޑިފެންސް، އިމަޖެންސީސް އެންޑް ޑިޒާސްޓާ ރިލީފް އިން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ރެސްކިއު ގްރޫޕެއް އަރައި، ސަލާމަތްވި މީހުންނާ ހަމައަށް ވާސިލުވާން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މީހުންގެ ގެއްލިފައިވާ ކަމަށް ބެލެވެނީ ކޭމްޕާއި 3،300 މީޓަރު (10،826 ފޫޓު) އަދި 4،150 މީޓަރު (13،500 ފޫޓު) އާއި ދެމެދަށް ކަމަށެވެ.

މީހުން ސަލާމަތްކުރާ ފަރާތްތަކުން އުއްމީދުކުރަނީ އިރުއޮއްސުމުގެ ކުރިން ކޭމްޕަށް ގޮސް، އަނެއް ދުވަހުގެ ފަތިހު ފަތިހު ފަހެއް ޖަހާއިރުން ފެށިގެން މީހުން ހޯދުމުގެ މަސައްކަތް ފެށުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އެމީހުންގެ ކުރިއެރުމަށް އިތުރު އުނދަގޫތަކެއް ކުރިމަތިވަނީ ވައިގަދަވެ، ގަދަ ފިނިހޫނުމިނާއި، އުސް ހިސާބުތަކުގައި ސްނޯ ގެ އަސަރު ކުރަމުންދާތީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ