
ބޯވާރެއާއި އެކު މާލޭގައި ފެންބޮޑުވެއްޖެ: ސިފައިންނާއި ފުލުހުން މަގުތަކަށް!
# ދިވެހި ފުލުހުންގެ ޙިދުމަތް# ދިވެހި ސިފައިން# މޫސުން--
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއިއެކު ވެރިރަށް މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާތީ މަގުތަކަށް ސަލާމަތީ ބާރުތަކުން ނުކުމެއްޖެ އެވެ.

ރީނދޫ ސަމާލު ނެރެފައިވަނިކޮށް މިއަދު މާލެއަށް ވާރޭވެހެން ފެށީ ހެނދުނު 10:15 ހާއިރު އެވެ. އެއާއެކު ހުއްޓުމެއްނެތި ވާރޭވެހެމުންދާއިރު އާންމުކޮށް މާލޭގައި ފެންބޮޑުވާ ހުރިހާ ސަރަހައްދުތަކެއްގައި މިއަދުވެސް ވަނީ ފެންބޮޑުވެފައި އެވެ. އެގޮތުން އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ މާފަންނުގައި އެވެ.
ސިފައިން ބުނީ މިހާރު މާލެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހެމުންދާތީ، ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުން ކަމަށެވެ. ގޮތުން މިވަގުތު ފެން ހިންދުމަށް ޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތްކުރަމުން ކަމަށްވެސް ވަނީ ސިފައިން ވަނީ ބުނެފައި އެވެ.
ފުލުހުންވެސް ވަނީ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަމުންދާކަމަށް ބުނެފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނާގޮތުގައި ރާއްޖެއަށް މޫސުން ގޯސްވެފައިވަނީ ބެންގާލްގައި އުޅޭ ލޯ ޕްރެޝާގެ ސަބަބުން އުފެދިފައިވާ ވިއްސާރަވިލާތަކުގެ ސަބަބުންނެވެ. މިއާއި އެކު މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
ގުޅުންހުރި

ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 13 ވަނަ ބުރު ކުރިއަށް ގެންގޮސްފި

މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި

ސްޕެޝަލް ކޮންސްޓެބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަށައިފި

.gif&w=3840&q=75)



