
-
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފި އެވެ،.

މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ. އެ އިދާރާއިން ބުނީ މިއަދު މެންދުރު 1:00 އާ ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރާގައި މާލޭގައި ފެންބޮޑުވަމުން އަންނާތީ، ފެން ހިންދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފުން ވަނީ ފަށާފައެވެ.
ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.






