logoEN
Sto top
ގަދަވަޔާއިއެކު އައްޑޫ ސިޓީ މަރަދޫފޭދޫގެ 6 ގެއެއްގެ ފުރާޅު އެއްލާލައިފި

ގަދަވަޔާއިއެކު އައްޑޫ ސިޓީ މަރަދޫފޭދޫގެ 6 ގެއެއްގެ ފުރާޅު އެއްލާލައިފި

އަހުމަދު ޝުރާއު

logo

9/8/2025, 8:50:27 AM

# މޫސުން

-

ގަދަވަޔާއިއެކު އައްޑޫ ސިޓީ މަރަދޫފޭދޫގެ 6 ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ.

Wamco

އެމްއެންޑީއެފުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ބައެއް ގެތަކުގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ، ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިއަދު އައްޑޫ ސިޓީއަށް ކުރި ވިއްސާރައާ އެކު އައި ގަދަ ކޮޅިގަނޑުގައި، އައްޑޫ ސިޓީ، މަރަދޫފޭދޫގެ 6 ގެއެއްގެ ފުރާޅު ވަޔާ އެކު މަގުމައްޗަށް އެއްލާލާފައިވާ ކަމަށާއި އެ 6 ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން ފުރާޅު މަގުމަތިން އެއްފަރާތްކޮށް، ފުރާޅު ހެދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC