
ސާބާ ވިމެންސް ޗެމްޕިއަންޝިޕް 2022 ގެ ލޯގޯ އިފްތިތާހުކޮށްފި
# އަހްމަދު މަހްލޫފް# ސާބާ ވިމެންސް ޗެމްޕިއަންޝިޕްasad
ރާއްޖޭގައި ބާއްވާ ސާބާ ވިމެންސް ޗެމްޕިއަންޝިޕް ބާސްކެޓް ބޯޅަ މުބާރާތުގެ ލޯގޯ އިފްތިތާހްކޮށްފި އެވެ.

ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ މުބާރާތުގެ ލޯގޯ އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޑރ. އައިޝަތު އަލީ އާއި ޔޫތު މިނިސްޓަރު މަހުލޫފެވެ.
އެ މުބާރާތުގެ ލޯގޯ އިފްތިތާހުކުރިއިރު އެ ލޯގޯއިން ރާއްޖެއާއި ބާސްކެޓުބޯޅަ ރަމްޒުކޮށްދެއެވެ. އެގޮތުން އެ ލޯގޯގައި ތުނޑުކުނާގެ ފަށަލަތަކަކާއި ރާއްޖޭގެ ކަނޑުގެ އިތުރުން ރީތި އިރުއޮއްސޭ މަންޒަރު ބާސްކެޓު ބޯޅައެއްގެ ތެރެއިން ދައްކުވައިދެއެވެ.
ސާބާ ވިމެންސް ޗެމްޕިއަންޝިޕް 2022 ބާއްވަނީ ސޯޝަލް ސެންޓަރުގައެވެ.
މިމަހުގެ 24އިން 30 އަށް ކުރިއަށް ގެންދާ އެ މުބާރާތުގައި ހަ ގައުމަކުން ބައިވެރިވެއެވެ. އެއީ ބަންގްލަދޭޝް. ބޫޓާން، އިންޑިއާ، ނޭޕާލް، ސްރީލަންކާގެ އިތުރުން ރާއްޖޭގެ ބާސްކެޓު ބޯޅަ ޓީމެވެ.