logoEN
Sto top
މަހްލޫފު ޕީއެންސީއަށް: ވިދާޅުވީ ސިޔާސީ މައިދާނާއި ދުރުގައި މިހުރިހާ ދުވަހު ހުރީ އެމްޑީޕީން ކަންކޮށްފައިވާގޮތުން ފޫހިވެފަ ހުރިލެއް ބޮޑުކަމުން ކަމަށް!

މަހްލޫފު ޕީއެންސީއަށް: ވިދާޅުވީ ސިޔާސީ މައިދާނާއި ދުރުގައި މިހުރިހާ ދުވަހު ހުރީ އެމްޑީޕީން ކަންކޮށްފައިވާގޮތުން ފޫހިވެފަ ހުރިލެއް ބޮޑުކަމުން ކަމަށް!

އަހުމަދު ޝުރާއު

logo

11/15/2025, 9:33:18 AM

# އަހްމަދު މަހްލޫފް

-

ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވެރިކަން ކުރާ ޕީއެންސީއާއި ގުޅިއްޖެ އެވެ.

Wamco

މަހްލޫފު ޕީއެންސީއާއި ގުޅުނީ ރޭ އެޕާޓީއިން ބޭއްވި ބިޔަ ބޮޑު ޖަލްސާގައި އެވެ. ޖަލްސާގައި މަހްލޫފުގެ މެމްބަރޝިޕް ފޯމާއި ޕީއެންސީގެ ފަރާތުން ހަވާލުވީ އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.

މަހްލޫފު މީގެ ކުރީން ހުންނެވީ އިދިކޮޅު އެމްޑީޕީގައި އެވެ. އެގޮތުން އެމްޑީޕީގެ މަހްލޫފު ވަކިވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.

ރޭ ޕީއެންސީއާއި ގުޅިވަޑައިގެންނެވުމަށްފަހު މަހްލޫފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވި ފުރަތަމަ ފަހަރަކީ އެމްޑީޕީން ވަކިވި ފަހަރު ކަމަށާއި އެނބުރި ދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށެވެ. އަދި ބަދަލުވެފަ އޮތީ ހަމައެކަނި ޕާޓީގެނަން ކަމުގައި އެވެ.

" އަޅުގަނޑު ސިޔާސީ މަސައްކަތްފެށީ 2005 ވަނަ އަހަރު ރައީސް މައުމޫން އުފެއްދެވި DRP އިންނެވެ. އެޕާޓީތެރޭ ހިޔާލު ތަފާތުވެ އަޅުގަނޑުމެންނަށް ހަރުކަށި ފިޔަވަޅުއަޅާ ވަކިކުރި ހިސާބުން، ރައީސް މައުމޫނާއެކު PPM އުފެއްދި އެއް ފައުންޑަރ އަކީ އަޅުގަނޑެވެ. ރައީސް ޔާމީން އާއެކު އުފެދުނު ހިޔާލުތަފާތުމުގެ ތެރެއިން 2014 ވަނަ އަހަރު އަޅުގަނޑު PPM އިން ވަކިކުރިއެވެ. އިދިކޮޅު އިއްތިހާދާއެކު 4 އަހަރު މަސައްކަތްކުރުމަށްފަހު، 2018 ގަ MDP އާއި ގުޅުނީމެވެ. " މަހްލޫފު ވިދާޅުވިއެވެ.

މަހްލޫފު އިތުރަށް ވިދާޅުވީ އެމްޑީޕީއާއި ގުޅުމާއިއެކު އެ ޕާޓީގެ މެންބަރުންގެ ލޯބި އަދި ތާއީދު ބޮޑުކޮށްލިބުނު ކަމަށާއި ގައުމީ މަޖިލީސް އިންތިހާބުގައި ވާދަކުރުން ހުއްޓުވަން ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށް އަދި ފަހުން އެމައްސަލަ ކޯޓަށް ވެއްދި ހިސާބުން ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށްލަން ފުރުސަތު ވެސް ލިބިގެން ދިޔަ ކަމަށެވެ. ވޯޓު ލުމުގެ ހައްގުލިބިފައިވާ މެންބަރުގެ ތެރެއިން އެންމެ މަތީ އަގުލަބިއްޔަތުން އެޕާޓީގެ މެމްބަރުން އިންތިހާބު ކޮށްދިން ނަމަވެސް މަތިފަޑީގައި ކަންކަން ހިނގަނީ އެހެނަކުންނޫން ކަމަށާއި އޭނާ ޕާޓީން ވަކިވުމުން ވަރަަށް އުފާވާނެ ބަޔަކު މަތިފަޑީގައި ތިބޭނެކަން ކަށަވަރު ކަމަށާއި އެވާހަކަތައް ދައްކާކަށް އަދިނެތް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

2023 ގެ އިންތިހާބަށް ފަހު ސިޔާސީ ކަންކަމާ ވަރަށް ދުރުގައި ހުރި ސަބަބެއް ކަމުގައި މަހްލޫފް ވިދާޅުވީ އެއީ އޭނާއާއިމެދު ކަންކޮށްފައިވާގޮތުން ފޫހިވެފަ ހުރިލެއް ބޮޑުކަމުން ކަމަށެވެ. އަދ ނިމިދިޔަ ސަރުކާރުގަ މަގާމެއް ހައްގުވާނަމަ އެންމެފުރަތަމަ ގުނާ އެކަކަށް އޭނާ ވާނެ ކަމަށާއި އެއީ ތަބަކަށް ލާފަދިން މަގާމެއްނޫން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވީ އެކިފަހަރު މަތިން ދައުވަތުދެއްވާ އަދި އެނބުރި އައުމުން ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ލީޑަރު ރައީސް މުއިއްޒު އާއި އެންމެހާ މެންބަރުން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވާ ކަމަށާއި އޭނާގެ މަސައްކަތް ބަލައިގަނެ އެކަމުގެ އަގުވަޒަންކޮށް ދައުވަތު ދެއްވީތީ ވަރަށް އުފާކުރާ ކަމަށެވެ.

އަދި ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމުގައި ސޮއިކޮށްލަން ލިބުމުން އިތުރު އުފަލެއް ލިބިގެން ދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC