އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި ވިއްކުމަށް މަޝްވަރާކޮށްފި
# ރާއްޖެ - ޖަޕާން# އަހްމަދު މަހްލޫފްސަފީރު އަޙްމަދު މަޚްލޫފް، ޖަޕާނުގެ ޖޭ.އޭ.ޓީ.އެސް ކޯ ލިމިޓެޑްގެ ޑިރެކްޓަރާއި ގްލޯބަލް ޓްރޭޑް ރިސޯސަސްގެ މެނޭޖިންގް ޑިރެކްޓަރާއެކު
އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި ވިއްކުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް، ޖަޕާނުގެ ޖޭ.އޭ.ޓީ.އެސް ކޯ ލިމިޓެޑްގެ ޑިރެކްޓަރާއި ގްލޯބަލް ޓްރޭޑް ރިސޯސަސްގެ މެނޭޖިންގް ޑިރެކްޓަރާއެކު އެވެ.
މި ބައްދަލުވުމާ ގުޅިގެން މަހްލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން، ބީސީސީގެ މެނޭޖްމަންޓުގެ އެދިވަޑައިގަތުމަކަށް އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި މިހާރަށްވުރެ ބޮޑަށް މާކެޓް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުކުރެއްވުމެއް ކަމަށެވެ.
މަހްލޫފް ވިދާޅުވީމި ބައްދަލުވުމުގައި ޖަޕާނުގައި ހިންގާ 'ވަން ވިލެޖް ވަން ޕްރޮޑަކްޓް' ފިހާރަތައް މެދުވެރިކޮށް ރާއްޖޭގެ އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ވިއްކޭނެ އަދަދު އިތުރުކުރުމުގެ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. އަދި މީގެ ސަބަބުން ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް ބައިނަލްއަގުވާމީ ބާޒާރަށް ތައާރަފުވެ ފުޅާވުމުގެ ފުރުސަތު ފަހިވެގެންދެ އެވެ.







