logoEN
cocacola
ޗައިނާގެ އެންމެ އިސް ލެޖިސްލޭޓަރ ރަޝިއާއަށް ވަޑައިގަންނަވަނީ

ޗައިނާގެ އެންމެ އިސް ލެޖިސްލޭޓަރ ރަޝިއާއަށް ވަޑައިގަންނަވަނީ

އަހުމަދު ޝުރާއު

logo

9/4/2022, 9:49:03 PM

# ޗައިނާ# ރަޝިއާ# ރަޝިއާ - ޗައިނާ

Screenshot 2022-09-04 at 21.47.30

ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ އެންމެ އިސް މެމްބަރު ލީ ޒަންޝޫ އަންނަ ހަފްތާގައި ރަޝިޔާއަށް ވަޑައިގަންނަވާނެ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ގޮސިޔާ

މިއީ މޮސްކޯއިން ޔޫކްރެއިންގެ މައްޗަށް ވެރިވެގަތް ފަހުން ރަޝިއާއަށް ދަތުރުކުރާނެ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އެންމެ މަތީ ފަންތީގެ ސިޔާސީ ބޭފުޅެވެ.

ޗައިނާ ސަރުކާރުގެ ތަރުތީބުގެ ތިން ވަނައިގައި ރޭންކް ކުރެވިފައިވާ ލީ، ރަޝިއާ، މޮންގޯލިއާ، ނޭޕާލް އަދި ދެކުނު ކޮރެއާއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާނީ ބުދަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޒިންހުއާ ނިއުސް އެޖެންސީން ބުންޏެވެ.

ޒިންހުއާ ނިއުސް އެޖެންސީން ބުނީ ހޯމަ ދުވަހުން ފެށިގެން ހަތަރު ދުވަހަށް ރަޝިއާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ވްލަޑިވޮސްޓޮކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އީސްޓަން އިކޮނޮމިކް ފޯރަމްގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އުމުރުން 72 އަހަރުގެ ލީ ކޮމިއުނިސްޓް ޕާޓީގައި އަދާކުރައްވަމުން ގެންދަވާ ދައުރުން ރިޓަޔާ ކުރެއްވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވިފައި ވާއިރު، އަންނަ މަހު ބާއްވާ ފާހަގަކޮށްލެވޭ ކޮންފަރެންސެއްގައި ރައީސް ޝީ ޖިންޕިން ގްޕިންގް އަށް ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ