
Screenshot 2022-09-04 at 21.27.32
ފ. ބިލެއްދޫގައި ބުދު ހަދައިގެން ގެންގުޅެނިކޮށް ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ ފ ބިލެއްދޫގައި ބިދޭސީންތަކެއް ބުދު ހަދި މައްސަލައަކާއި ގުޅިގެން ތިން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 27 އަހަރުގެ މީހަކާއި 37 އަހަރުގެ މީހާކާއި 39 އަހަރުގެ މީހެކެވެ.
އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް މީޑިއާ އޮފިޝަލް ވަނީ ބުނެފައެވެ.
ފުލުހުން މިމައްސަލަ ބަލަމުން އަންނައިރު، މިމައްސަލައިގައި ހައްޔަރު ކުރި ބިދޭސީން ބުނެފައިވަނީ އެ ބުދަކީ އެމީހުން އަމިއްލައަށް މަށިން ހަދައިގެން ކުލަ ޖައްސައިގެން އުޅުނު ބުދެއް ކަމަށާއި އަދި މިހާރު އެ ބުދު ކަނޑު ފައްތާފައިވާ ކަމަށެވެ.
ބިލެއްދޫގައި ފެނުގެ މަސައްކަތް ކުރަން އައިސްތިބި ބިދޭސީންތަކެއް ބުދު ހަދައިގެން އެ ހިފައިގެން ހިނގާފައިދަނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމުވެފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެކަން ފެންމަތިވެ އެރަށުގެ ރައްޔިތުންތަކެއް ވަނީ އެބިދޭސީން އުޅޭ ތަނަށް ވަދެ ބުދުތަށް ހޯދުމުގެ މަސައްކަތްވެސް ކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ޓީމެއް ވަނީ އެރަށަށް ގޮސް އެމީހުން ހައްޔަރު ކޮށްފައެވެ.
ގުޅުންހުރި

ބިލެއްދޫ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް!

ބިލެތްދޫއާއި މަގޫދޫ ސިއްހީ މަަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަމާލު ކޮންސްޓްރަކްޝަނަށް!

ބިލެއްދޫގައި ބުދު ގެންގުޅުނު ބިދޭސީންގެ ބަންދަށް 10 ދުވަސް!

.gif&w=3840&q=75)



