logoEN
PNC TOP 3
ބިލެއްދޫ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް!

ބިލެއްދޫ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް!

އަހުމަދު ޝުރާއު

logo

10/26/2025, 8:15:04 AM

# ފ. ބިލެއްދޫ

-

ފ. ބިލެއްދޫ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

PNC MID 2

އެވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި ބިލެއްދޫ ކައުންސިލް އިމާރާތުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކުލަލުމާއި ދޮރުތައް ހަރުކުރުމުގެ މަސައްކަތެވެ.

ރަސްފަރި ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބިލެއްދޫ ކައުންސިލުގެ އައު ޢިމާރަތުގެ މަސައްކަތް ފެށީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ.

ރަސްފަރި ކޮންސްޓްރަކްޝަނުން މި މަސައްކަތް ނިމޭނެ ކަމަށް ލަފާކުރަނީ އަންނަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހަށެވެ. ބިލެއްދޫ އައު ކައުންސިލު އިމާރާތުގެ މަސައްކަތަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އަ.އި.ޕީ.)ގެ ތެރޭގައި ހިމެނޭ މަސައްކަތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހިންގަމުން ދިޔަ ޕީ.އެސް.އަ.އި.ޕީ. ޕްރޮޖެކްޓްތައް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާ ހަވާލުކުރެއްވީ 2025 މޭ 12 ގައެވެ. ޖުމްލަ 67 މަޝްރޫޢު މި ބަދަލުގެ ދަށުން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. މީގެ ތެރެއިން 34 މަޝްރޫޢު، 55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢުގައި ހިމެނެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC