
ބިލެތްދޫގައި ބިދޭސީން ހިންދޫ އަޅުކަން ކުރި މައްސަލައިގައި ހަރުކަށި ފިިޔަވަޅު އަޅަނީ
# ބިދޭސީން# ފ. ބިލެއްދޫ1577b73a-32c4-4f03-a363-601c221e4748
ފ. ބިލެތްދޫގައި ފާޅުގައި ނުކުމެ ހިންދޫ ދީނަށް އަޅުކަން ކުރި މައްސަލައިގައިި އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެެެފިއެވެ.

މި މައްސަލަ ފެންމަތި ވެފައިވަނީ، އެރަށުގައި ބިދޭސީންތަކެއް ނުކުމެ ފާޅުގައި ހިންދޫ ދީނަށް އަޅުކަން ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. ފޮޓޯގައި ތިން ފިރިހެނަކު ފެންނަ އިރު އެކަކުގެ އަތުގައި ހިންދޫ ދީނުގެ މީހުން އަޅުކަންކުރުމަށް ބޭނުން ކުރާ ޒާތުގެ ބުދު ކޯލައެއް އޮތްތަން ވެސް ފެނެއެވެ.
މިކަމާ ގުޅިގެން ބިލެއްދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަަމަށާއި، މިކަން ދުވަހަކުވެސް ބަލައެއް ނުގަންނާނެ ކަމަށެވެ. އަދި އެކަމުގެ މައުލޫމާރު ކައުންސިލަށް ލިބުނީ، ރޭގެ 20:30 ހާއިރު މީސް މީޑިއާ އިންކަމަށްވެސް ބުނެފައިވެއެވެ.
އަދި އެވަގުތުން ފެށިގެން އެކަން ކަމާ ގުޅުން ހުރި ފަރާތްތަކާއި ހިއްސާ ކޮށްފައިވާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. އެކަން ހުއްޓުވުމަށް ކައުންސިލުން މަސައްކަތް ނުކުރާ ކަމަށް ދައްކާ ވާހަކަތައް ކައުންސިލުން ވަނީ ދޮގުކޮށްފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވޭ - ފުލުހުން

އޮޕަރޭޝަން ކުރަނގި: މިހާތަނަށް ދެލައްކަ އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 15 ބިދޭސީން ހައްޔަރުކޮށްފި

.gif&w=3840&q=75)



