logoEN
WAMCO TOP 1
ޗައިނާއަށް އެންމެ ބޮޑަށް ދަރާފައިވާ ގައުމުތަކުގެ ތިން ވަނައިގައި ރާއްޖެ

ޗައިނާއަށް އެންމެ ބޮޑަށް ދަރާފައިވާ ގައުމުތަކުގެ ތިން ވަނައިގައި ރާއްޖެ

އަލްފާ އަލީ

logo

8/31/2022, 7:32:33 PM

# ރާއްޖޭގެ ދަރަނި# ފޯބްސް# ޗައިނާ - ރާއްޖެ

Screenshot 2022-08-31 at 19.31.41

ޗައިނާއިން އެންމެ ގިނައިން ދަރަނި ނުވަތަ ލޯނު ނަގާފައިވާ ޤައުމުތަކުގެ ލިސްޓުގެ 3 ވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.

THE TRAVELLER AD

ދުނިޔޭގެ މަޝްހޫރު ވިޔަފާރި މަޖައްލާ ފޯބްސް އިން އާއްމުކޮށްފައިވާ ޗައިނާއަށް ދަރާފައިވާ ޤައުމުތަކުގެ ލިސްޓުގެ 3 ވަނައިގައި ރާއްޖެ ހިމެނިފައިވާއިރު އެ ލިސްޓުގެ 3 ވަނައަށް ރާއްޖެ އެރީ ބޭރުގެ ދަރަންޏާއި ގައުމުގެ އާމްދަނީގެ ނިސްބަތުން 38 ޕަސެންޓު ދަރަނި ޗައިނާއަށް ނިސްބަތްވާތީއެވެ.

ރާއްޖޭގެ ދަރަނީގެ ތެރެއިން 1.4 ބިލިއަން ޑޮލަރު ނުވަތަ 22 ބިލިއަން ރުފިޔާއަކީ ޗައިނާއިން ނަގާފައިވާ ދަރަންޏެވެ.

ވޯލްޑް ބެންކާއި ޙަވާލާދީ ފޯބްސްއިން ޢާއްމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން ޗައިނާއަށް އެންމެ ބޮޑަށް ދަރާފައި ވަނީ އެފްރިކާގެ ޤައުމެއްކަމަށްވާ ޖިބޫޓީއެވެ. ގައުމުގެ އާމްދަނީގެ ނިސްބަތުން 43 އިންސައްތަ ދަރަޏަކީ ޗައިނާއަށް ނިސްބަތްވާ ދަރަންޏެވެ. ލިސްޓުގެ 2 ވަނައިގައި 41 އިންސައްތައާއެކު އެފްރިކާގެ ޤައުމެއްކަމަށްވާ އެންގޯލާއެވެ. 3 ވަނައިގައި ރާއްޖެ އުޅޭއިރު 4 ވަނައިގައި އުޅެނީ ލާއޯސްއެވެ. އަދި ޗައިނާއިން އެންމެ ގިނައިން ލޯނު ނަގާފައިވާ ޤައުމުތަކުގެ ލިސްޓުގެ 5 ވަނަ ލިބެނީ ރިޕަބްލިކް އޮފް ކޮންގޯއަށެވެ.

ކޮމެންޓް
ފަހުގެ
HDC