
އިންޑިއާއަށް ދައްކަން އޮތް 400 މިލިއަން ޑޮލަރުގެ ދަރަނި ދިވެހި ސަރުކާރުން ދައްކައިފި
# ރާއްޖޭގެ ދަރަނި-
ދިވެހިރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކޮށް ބޭރުގެ ދަރަނިތަކުގެ ބުރަ ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންޑިއާއަށް ދައްކަންޖެހިފައި އޮތް 400 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދިވެހި ސަރުކާރުން ދައްކައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިހާރު ދައްކާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އިތުރު ތަފްސީލް އަންނަނީ....





