
-
ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ޗައިނާގެ އައު އަހަރު ފާހާގަ ކުރަނީ ފިނި މޫސުން ނިމި ބަހާރު މޫސުން ފެށުން ފާހަގަކުރުމަށެވެ. ކޮންމެ އަހަރަކަށްވެސް އެ ޤައުމުގެ ސަޤާފަތާއި އެއްގޮތަށް ވަކި ހާއްސަ ނަމެއް ދެއެވެ. އެގޮތުން މިއަހަރުގެ ނަމަކަށް ދީފައިވަނީ 'އިޔަރ އޮފް ދަ ފަޔަރ ހޯސް' އެވެ.
ޗައިނާގެ އައު އަހަރު ފެށުމާއި ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި އެ ޤައުމުގެ ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ ލީ ޗިއާންގް އަދި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އައު އަހަރުގެ ތަހުނިއްޔާ ފޮނުއްވާފައެވެ.
އެމަނިކުފާނު ވަނީ 'އިޔަރ އޮފް ދަ ފަޔަރ ހޯސް' ނަމުން ނަން ދެވިފައިވާ، އަހަރު ޗައިނާއިން މިވޭތުވެދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީއާއި ތަރައްޤީ ދޭހަކޮށްދޭ ކަމަށާއި މި ރަމްޒީ އަހަރުގައި ޝުކުރުވެރިވެ އިތުރަށް ފާހަކުރާނެ ކަންކަން ހުރިކަމަށް ވިދާޅުވެފައި އެވެ.
މީގެ އިތުރުން ރައީސް ވަނީ ޗައިނާގެ ރައްޔިތުންނަށް މުސްތަޤުބަލުގައިވެސް ފާގަތި ދުވަސްތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލެއްވީ، ރާއްޖެއާއި ޗައިނާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ދެ ޤައުމަށްވެސް ފައިދާވާނެހެން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިނިސްޓަރު އިރުތިޝާމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
-1781172054177.webp&w=3840&q=75)
ޗައިނާގެ ބޮޑު ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމްގެ ގޮވާލެއްވީ ސަރަޙައްދީ ސުލްޙައަށް އެންމެން ގުޅެން!

ޗައިނާ ސަފީރު، ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި




