logoEN
Sto top
ޖޮއިންޓް މެކޭނިޒަމް މީޓިންގގެ 7ވަނަ ބައްދަލުވުމުގައި ފުލުހުން ބައިވެރިވެއްޖެ

ޖޮއިންޓް މެކޭނިޒަމް މީޓިންގގެ 7ވަނަ ބައްދަލުވުމުގައި ފުލުހުން ބައިވެރިވެއްޖެ

ހުސައިން އަހްމަދު

logo

12/18/2025, 5:48:02 AM

# ރައީސް މުއިއްޒު# ޗައިނާ - ރާއްޖެ# ދިވެހި ފުލުހުންގެ ޙިދުމަތް

ފޮޓޯ: ޕޮލިސް

ޖޮއިންޓް މެކޭނިޒަމް މީޓިންގގެ 7ވަނަ ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓުއަރިސްޓް ޕޮލިހުން ބައިވެރިވެއްޖެއެވެ.

Wamco

މިއީ ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އިންތިޒާމްކޮށްގެން، ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެކެވެ.

މިމަހުގެ 17ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި މި ބައްދަލުވުމުގައި ހުޅުމާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި އެއަރޕޯޓް އެންޑް ޓުއަރިސްޓް ޕޮލިސްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނައީމް އާއި ޓޫރިސްޓް ޕޮލިސްގެ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަރުޝަދު ޙަސަން ބައިވެރިވެލެއްވިއެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވެލެއްވި މި ބައްދަލުވުމުގައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

undefined

މި ބައްދަލުވުމުގައި ޓުއަރިސްޓް ޕޮލިހުން ވަނީ މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށްގެން ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައި ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އަދި މި ބައްދަލުވުމުގައި ވަނީ ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ޓުއަރިސްޓް ޕޮލިހުގެ ފަރާތުުން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޓޫރިސްޓް ސެކިއުރިޓީ އެންޑް ސޭފްޓީ އެވެއަރނަސް 3 ވީޑިއޯ ލޯންޗުކޮށްފައެވެ.

މި ވީޑިއޯތައް ލޯންޗު ކޮށްދެއްވީ ހުޅުމާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި ޗައިނާ އެމްބެސެޑަރ ކޮންގ ޝިއާން ހޫންއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC