
މަޑަވެލި ކައުންސިލްގެ މެމްބަރުންގެ ފަރާތުން އުނދަގޫ ކުރިމަތިވެ މަސައްކަތްކުރަން ދަތިވުމުން އެސްޖީ އިސްތިއުފާދީފި
# މަޑަވެލިDSC_8783-2048x1338
ގދ މަޑަވެލި ކައުންސިލް ސެކެޓްރީ ޖެނެރަލް މުހައްމަދު އަހުމަދު ވަޙީދު އެމަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

މުހައްމަދު އަހުމަދު ވަހީދު މަޤާމުން އިސްތިއުފާދެއްވައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހުއަށް ފޮނުވި ސިޓީގެ ކޮޕީއެއް މި ނޫހަށް ވަނީ ލިބިފައެވެ.
މި ސިޓީގައި ބުނެފައިވަނީ ސެކެޓްރީ ޖެނެރަލް ކަމުގެ މަޤާމަށް އައްޔަން ކުރަން މަޑަވެލި ކައުންސިލްގެ ލަފައަކަށް އެހުމުން ކައުންސިލްގެ މެމްބަރުންގެ ތެރެއިން 3 މެމްބަރުން އަޤްލަބިއްޔަތުން އެމާގަށް އައްޔަނު ކުރަން ނުފެންނަކަމަށް ލަފާ ލިބުނު ކަމުގައިވީ ނަމަވެސް ސިވިލް ސާވިސް ކޮމިޝަންގެ ރެކްރޫޓްމެންޓް އުސޫލާއި އެއްގޮތަށް މަޤާމަށް އައްޔަަނުކޮށްފައިވާ ކަމަށެވެ. ކައުންސިލް އިދާރާގައި މިހާތަނަށް ވަޒީފާ ބަޔާނުގައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކުގައި، 3 މެމްބަރެއްގެ ފަރާތުން އުދަނގޫ ކުރިމަތިވެ އެކުގައި މަސައްކަތްކުރަން ދަތިވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ކައުންސިލް ހިންގުމަށް ބޭނުންވާ އިދާރީ އިންތިޒާމް ހަމަޖެއްސުމުގައި އާއި އިދާރީ އެންމެ އިސް މުވައްޒަފުގެ ދައުރު ހަނިވާގޮތަށް އަމަލުކުރާކަމާއި ކައުންސިލް އިދާރާގައި މަސައްކަތް ކުރުމަށް ސިވިލް ސާވިސްގެ ރެކްރޫޓްމަންޓް އުސޫލާއި އެއްގޮތަށް މުވައްޒަފުން ނެގުމުގައި ހުރަސް އަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.މީގެ އިތުރުން ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން ދެވޭލަފާ އާއި ބައެއް ނިނމްުންތއް ނިންމުމުގައި އެކަށީގެންވާ މިންވަރަށް ރިޔާޔަތް ނުކުރާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
މި ހުރިހާ ކަމަކީވެސް ސިވިލް ސާވިސް ކޮމިޝަނަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ހުށަހެޅުމުގެ ބަދަލުގައި އެކުގައި މަސައްކަތް ކުރެވޭތޯ މަސައްކަތްކުރެވުނު ކަންތައްތަކެއްކަން މުހައްމަދު އަހުމަދު ވަހީދު ވިދާޅުވިއެވެ.
މިކަންކަން މިގޮތަށް ހުރުމާއި އެކު އިސްތިއުފާދެއްވަން ނިންމެވީ ކުރިޔަށް އޮތް ތަނުގައި ވެސް މިފަދަ އަމަލުތަކަށް އެކަށީގެންވާ ހެޔޮ ބަދަލު އަތުވެދާނެ ކަމެއް ކަމަށް ނުބެލެވޭތީކަން މުހައްމަދު އަހުމަދު ވަހީދުގެ ސިޓީ ނިންމާލަމުން ވަނީ ބުނެފައެވެ.
ގުޅުންހުރި

މަޑަވެލި އަދި ހޯޑެއްދޫ ޒަމާނީ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި

މަޑަވެލި ކައުންސިލްގެ މެމްބަރުންގެ ފަރާތުން އުނދަގޫ ކުރިމަތިވެ މަސައްކަތްކުރަން ދަތިވުމުން އެސްޖީ އިސްތިއުފާދީފި

މަޑަވެލި ފުޓްސަލް ދަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކޮށްފި
