
މަޑަވެލި އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި
# މަޑަވެލި719ED54A-2845-49DA-A86C-2B5928E21FAA-1536x1152
ގދ މަޑަވެލި ކައުންސިލްގެ އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

މަޑަވެލި ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކައުންސިލްގެ އިޖްތިމާޢީ ކޮމެޓީގައި އެއް އަހަރުގެ މުއްދަތަކަށް މަސައްކަތްކުރުމާށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ ކަމަށެވެ. އެގޮތުން އެކޮމެޓީގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ މުއްދަތަކީ 01 އޭޕްރިލް 2022 ން 06 މާރިޗް 2023 ގެ ނިޔަލަށެވެ.
އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކައުންސިލުން ކަނޑައަޅާފައިވާ މަޑަވެލި އިޖްތިމާޢީ ސަރަޙައްދުތަކާއި،ރަށުގެ ބޮޑު ދެމަގުގެ ކޮޅު، މަޑަވެލި ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަޙައްދު އަދި ކައުންސިލުން ސާފުކުރުމަށް ދައްކާ ތަންތަން ސާފުކުރުމާއި އިޖްތިމާޢީ ކަންކަމާއި ރަށުގެ ތަރައްޤީ އަށް ކުރެވޭ ކަންތައްތަކަށް ކައުންސިލުނ އެހީތެރިކަމަށް އެދިއްޖެނަމަ އެކަމަށް އިޖާބަދީ ޢަމަލީގޮތުން އެކަމެއްގައި ބައިވެރިވުމުގެ އިތުރުން ކައުންސިލުން ހިންގާ ހަރަކާތްތަކާއި، މުނާސަބަތާއި ގުޅިގެން ސާފުތާހިރު ކުރަންޖެހޭ ތަންތަން ސާފްކުރުމެވެ.
އިޖުތިމާއީ ކޮމެޓީގެ މަސައްކަތްކުރާ ފަރާތްތަކަށް އުޖޫރައެއްގެ ގޮތުގައި މަސައްކަތްކުރާ ގަޑިއިރަކަށް 33.65 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މިއާއިއެކު މި މަޤާމަށް ޝައުޤުވެރިވެލައްވާ ޢުމުރުން 18 އަހަރުންމަތީގެ އަދި 64 އަހަރުން ދަށުގެ ބޭފުޅުން ސިޓީ، އައިޑީކާޑް ކޮޕީ އަދި ތަޖްރިބާގެ ލިޔުންތައް 21 މާރިޗް 2022 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން މަޑަވެލި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ކައުންސިލުން އެދިލައްވައެވެ.
ގުޅުންހުރި

މަޑަވެލި އަދި ހޯޑެއްދޫ ޒަމާނީ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި

މަޑަވެލި ކައުންސިލްގެ މެމްބަރުންގެ ފަރާތުން އުނދަގޫ ކުރިމަތިވެ މަސައްކަތްކުރަން ދަތިވުމުން އެސްޖީ އިސްތިއުފާދީފި

މަޑަވެލި ފުޓްސަލް ދަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކޮށްފި
