
maadvaeliasd
ގދ މަޑަވެލި ފުޓްސަލް ދަނޑުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

މަޑަވެލި ކައުންސިލުން މި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފުރަތަމަ އިއުލާންކުރީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅުއެވެ. އެކައުންސިލުން މިއަދު ބުނީ ކުރިން ކުރި އިއުލާން ބާތިލުކޮށް އަލުން އިއުލާނުކުރީ ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ ކަމަށާއި އައު އިއުލާނާއި އެކު ޝާއިރުކުރާ މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހަށް މިފަހަރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަސައްކަތް ކޮށްދިނުމަށް ބޭނުންވެފައިވަނީ ގދ. މަޑަވެލި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭނެ ފަރާތެކެވެ.
މިގޮތުން މިފަހަރުގެ ބިޑަށް ބާއްވާ މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބިޑް ހުޅުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ގައެވެ.
މަޑަވެލި ފުޓްސަލް ދަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެއެވެ. މިކަމަށް ހައްލެއް ހޯދުމަށް އެރަށުގެ ޒުވާނުން ވަނީ މީގެ ކުރިން މީސްމީޑިއާގައި ވަރަށް ބޮޑަށް އަޑުއުފުލާފައެވެ.
ގުޅުންހުރި

މަޑަވެލި އަދި ހޯޑެއްދޫ ޒަމާނީ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި

މަޑަވެލި ކައުންސިލްގެ މެމްބަރުންގެ ފަރާތުން އުނދަގޫ ކުރިމަތިވެ މަސައްކަތްކުރަން ދަތިވުމުން އެސްޖީ އިސްތިއުފާދީފި

މަޑަވެލި ފުޓްސަލް ދަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކޮށްފި
