logoEN
cocacola
މިސްރުގައި ނިއުކްލިއަރ ޕްލާންޓެއް ބިނާކުރުމަށް ރަޝިޔާއާއި ދެކުނު ކޮރެޔާއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

މިސްރުގައި ނިއުކްލިއަރ ޕްލާންޓެއް ބިނާކުރުމަށް ރަޝިޔާއާއި ދެކުނު ކޮރެޔާއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު އިފާޝާ

logo

8/29/2022, 12:02:25 PM

# މިސްރު# ދެކުނު ކޮރެޔާ# ރަޝިޔާ

GettyImages-1052366260 copy

މިސްރުގެ ފުރަތަމަ ނިއުކްލިއަރ ޕްލާންޓަށް ބޭނުންވާ އިމާރާތްތަކާއި ކޮމްޕޯނަންޓްތައް ފޯރުކޮށްދިނުމަށް ދެކުނު ކޮރެއާއިން ރަޝިޔާގެ ސަރުކާރު ހިއްސާވާ ނިއުކްލިއާ ހަކަތަ ކުންފުންޏެއް ކަމަށްވާ ރޮސަޓޮމްއާއެކު 2.25 ބިލިއަން ޑޮލަރު (3 ޓްރިލިއަން ވޮން) ގެ އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

ގޮސިޔާ

ނިއުކްލިއަރ ޕްލާންޓްގެ ރިއެކްޓަރުތައް ރަޝިޔާގެ ރޮސަޓޮމް އިން އިމާރާތްކުރާއިރު ދެކުނު ކޮރެއާގެ ފާމްއިން 2028 ވަނަ އަހަރު ކޮމާޝަލް އޮޕަރޭޝަނަށް ޝެޑިއުލްކޮށްފައިވާ ފުރަތަމަ ޔުނިޓާއެކު އިތުރު ވަޞީލަތްތައް ބިނާކުރާނެއެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް އޭނާގެ ފޭސްބުކް ޕޭޖުގައި މި އެއްބަސްވުމަށް މަރުހަބާ ވިދާޅުވެ، މިއީ އެ ގައުމުގެ "މޮޅު ނިއުކްލިއާ ހަކަތައިގެ ޓެކްނޮލޮޖީ" ދައްކުވައިދޭ މިސާލެއް ކަމަށް ވަނީ ސިފަ ކުރައްވާފައެވެެ.

"ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާ މިންވަރުން ސަލާމަތްވުމަށާއި ކާބަން ނިއުޓްރަލް ވުމުގެ އިތުރުން ނިއުކްލިއާ ހަކަތައިގެ ސަބަބުން ގައުމުތައް އެއްގަލަކަށް އަރައިގެން ދޭ،" ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ރޮސަޓޮމްގެ ޑިރެކްޓަރު ފޯ އިންޓަނޭޝަނަލް ބިޒްނަސް ބޮރިސް އަރުސީވް ވިދާޅުވި ކަމަށް އެ ކުންފުނީގެ ޕްރެސް ރިލީސްއެއްގައި ބުންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ