ހައްޔަރުކުރަން އަމުރެއް ނެރުނު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ މެމްބަރު ގައުމެއް ކަމަށްވާ މޮންގޯލިއާއަށް, ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަންނަ ހަފުތާގައި ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅަކީ 2023 ވަނަ އަހަރުގެ މާޗް މަހު ޔޫކްރެއިންގެ ކުޑަކުދިން ރަޝިޔާއަށާއި ރަޝިޔާގެ ބާރުގެ ދަށުގައިވާ ސަރަހައްދަށް ގަވައިދާ ހިލާފަށް ޑީޕޯޓްކުރި ކަމަށް ބުނެ ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް ނެރުނު ފަހުން އައިސީސީގެ މެމްބަރު ގައުމަކަށް ޕުޓިން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ހުކުރު ދުވަހު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ މި ދަތުރުފުޅާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.
މި ދަތުރުފުޅަކީ މޮންގޯލިއާގެ ރައީސް އުޚްނާ ޚުރެލްސުޚްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މޮންގޯލިއާގެ ރަހުމަތްތެރިންނާ އެކު ވަރަށް ރީތި ޑައިލޮގްތަކެއް ކުރިއަށް ގެންދިޔުމަށް ޕުޓިން ނިންމަވާފައިވާކަމަށް ޕެސްކޯވް ބުންޏެވެ.
އައިސީސީގެ މެމްބަރު ގައުމުތަކަށް އެކޯޓުގެ އަމުރު ތަންފީޒުކުރުމުގެ ބާރު ލިބެއެވެ. މިހެން ކަމުން މޮންގޯލިއާ ވެގެންދާނީ ޕުޓިން ހައްޔަރުކުރުމުގެ ފުރުސަތު އޮތް ގައުމަކަށެވެ. އައިސީސީގެ ހުކުމް ތަންފީޒު ނުކުރި ނަމަވެސް އައިސީސީން މޮންގޯލިއާއަށް އެޅޭނެ ފިޔަވަޅެއް ނޯންނާނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔޫކްރެއިންއިން ވަނީ މޮންގޯލިއާއަށް ޒިޔާރަތް ކުރައްވާއިރު ޕުޓިން ހައްޔަރު ކުރުމަށް މޮންގޯލިއާ ސަރުކާރަށް ގޮވާލާފައި އެވެ.
ގުޅުންހުރި
.webp&w=3840&q=75)
ފްލައިޓު ވެއްޓުނު ހާދިސާގެ ޒިންމާ ނަގައި ޕުޓިން އަޒަރުބައިޖާންގެ ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ

އިޒްރޭލަށް ހަމަލާދިނުމުގެ ކުރިން އިރާނުން ރަޝިޔާއަށް ހަމަލާގެ މައުލޫމާތު ދިން!

ހައްޔަރުކުރުމުގެ ބާރު އޮތް މޮންގޯލިއާއަށް ޕުޓިން ވަޑައިގަންނަވަނީ
