
--
ރަޝިޔާގެ ސުޕަސޮނިކް މިސައިލް ކެރިއާ ބޮމްބާ އެއާކްރާފްޓެއް ވެެއްޓިއްޖެ އެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއާ ހަވާލާދީ އިޒްވެސްޓިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާބިއާއަށް އިރްކުޓްސްކްގައި ޓީޔޫ-22އެމް3 ލޯންގް ރޭންޖް ސުޕަސޮނިކް މިސައިލް ކެރިއާ ބޮމްބާ މަތިންދާ ބޯޓެއް ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.
ބޯޓު ވެއްޓުމުގެ ކުރިން ބޯޓުގައި ތިބި ފަޅުވެރިން ބޯޓުން ދޫކޮށް ސަލަމާތީ އާލަތްތަކުގެ އެހީގައި ސަލާމަތުން ފުންމާލާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
"މަތިންދާބޯޓު ވެއްޓުނީ މީހުން ދިރިނޫޅޭ ސަރަހައްދަކަށް. ވެއްޓުނު ސަރަހައްދަށް އެއްވެސް ގެއްލުމެއް ނުލިބޭ،" މިނިސްޓްރީއާ ހަވާލާދީ ބުނެފައިވެ އެވެ.
ޓުޕޮލެވް ޑިޒައިންކޮށްފައިވާ ޓީޔޫ-22އެމް3 އަކީ ގައިޑެޑް މިސައިލާއި އޭރިއަލް ބޮން ބޭނުންކޮށްގެން ކަނޑުތަކާއި އެއްގަމުގެ އަމާޒުތަކަށް ބޮން އެޅުމުގެ ގާބިލުކަން އޮތް އުޅަނދެކެވެ. ބެލެވޭ ގޮތުގައި މި މަތިންދާބޯޓަކީ ހަނގުރާމައިގައި ޔޫކްރެއިންއަށް އަމާޒުކޮށް ރަޝިޔާއިން ބޭނުންކުރަމުން އައި މަތިންދާ ބޯޓެކެވެ.
ގުޅުންހުރި
.webp&w=3840&q=75)
ފްލައިޓު ވެއްޓުނު ހާދިސާގެ ޒިންމާ ނަގައި ޕުޓިން އަޒަރުބައިޖާންގެ ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ

އިޒްރޭލަށް ހަމަލާދިނުމުގެ ކުރިން އިރާނުން ރަޝިޔާއަށް ހަމަލާގެ މައުލޫމާތު ދިން!

ހައްޔަރުކުރުމުގެ ބާރު އޮތް މޮންގޯލިއާއަށް ޕުޓިން ވަޑައިގަންނަވަނީ
