logoEN
cocacola
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއްމިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފި

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއްމިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފި

އަލްފާ އަލީ

logo

8/12/2022, 3:14:52 PM

# ފަތުރުވެރިން# ޓޫރިސްޓުން# ޓޫރިޒަމް މިނިސްޓްރީ# މޯލްޑިވްސް ބޯޑަރ މައިލްސް

FZ8OQ5OaIAASkZK

އަހަރުގެ މިހާތަނަށް 1 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި އެވެ.

ގޮސިޔާ

އެއްމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެއްމިލިއަންވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެއާޕޯޓުން ހާއްސަ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރި މިލިޔަންވަނަ ފަތުރުވެރިޔަކީ ޗެކް ރިޕަބްލިކަށް ނިސްބަތްވާ ފަތުރުވެރިއެއްކަމަށްވާ ޑެނިއޭލާ ކިލްނަރޯވާއެވެ.

ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައިވަނީ މިއަހަރުގެ ނިޔަލަށް 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އެކަމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ އިރު މިއަހަރުގެ ނިޔަލަށް އެ އަމާޒަށް ހާސިލްވެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއަށް އެންމެ ގިނައިން މިހާތަނަށް ޓޫރިސްޓުން އައިސްފައިވަނީ 2019 ވަނަ އަހަރުއެވެ. އެއީ 1.7 މިލިއަން ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އައިސްފައިވާއިރު އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. ދެވަނަ އެންމެ ގިނައިން ޓޫރިސްޓުން އައީ އިނގިރޭސި ވިލާތުންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ