logoEN
cocacola
ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާއާއި އިޤްތިޞާދީ ތަރައްޤީއާ ދެމެދު ބެލެންސެއް ޤާއިމުކުރަން ޖެހޭ

ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާއާއި އިޤްތިޞާދީ ތަރައްޤީއާ ދެމެދު ބެލެންސެއް ޤާއިމުކުރަން ޖެހޭ

އަލްފާ އަލީ

logo

6/28/2024, 1:30:51 PM

# ޓޫރިޒަމް މިނިސްޓްރީ

-

ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާއާއި އިޤްތިޞާދީ ތަރައްޤީއާ ދެމެދު ބެލެންސެއް ޤާއިމުކުރުމަކީ ޤައުމުތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް ޑރ. ޢަބްދުﷲ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އެމަނިކުފާނު މިހެން ވިދާޅުވީ, އދ.ގެ ޓޫރިޒަމްގެ ކޮމިޝަން ފޯ އީސްޓް އޭޝިއާ އެންޑް ޕެސިފިކް އަދި ކޮމިޝަން ފޯ ސައުތު އޭޝިއާ (ސީއޭޕީ-ސީއެސްއޭ) ގެ 36 ވަނަ ޖޮއިންޓް ކޮމިޝަން މީޓިންގެ ކޯ-ޗެއަރގެ ހައިސިއްޔަތުން އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނިޔާޒް ފާހަގަކުރެއްވީ "ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާއާއި އިޤްތިޞާދީ ތަރައްޤީއާ ދެމެދު ބެލެންސެއް ޤާއިމުކުރުމަކީ ޤައުމުތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް" ކަމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރަމުންދާއިރު މި ސިނާޢަތަކީ ދެމެހެއްޓެނިވި ސިޔާސަތުތަކެއްގެ މައްޗަށް ބައްޓަންކޮށްފައިވާ ސިނާޢަތަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއަށް މިއަހަރު 1 މިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައިވާކަން ފާހަގަކުރައްވަމުން މި އަހަރު 2 މިލިއަން ފަތުރުވެރިންގެ ޓާގެޓްއާ ހަމަޔަށް ވާސިލްވެވޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ތަފާތު ވިސްނުމެއް ދައްކުވައިދީ، އުފެއްދުންތެރި ސިޔާސަތުތަކެއް ބޭނުންކުރާ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަބަދުވެސް ފިލާވަޅު ލިބިގަންނަ ވަރުގަދަ ބްރޭންޑެއް ކަމަށް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް މިހާރު ތަރައްޤީކުރަމުންދަނީ ހަމައެކަނި ލަގްޒަރީ މާކެޓެއްގެ ގޮތުގައި ނޫންކަމަށް ފާހަގަކުރައްވަމުން، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިސްނުމަކީ މިހާރު މި ސިނާޢަތް ތަރައްޤީކުރުމުގައި ދިވެހިރާއްޖޭން ބޭނުންކުރާ މައިގަނޑު އެއް އަސާސްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އދ.ގެ ފަތުރުވެރިކަމުގެ މެންބަރު ޤައުމުތަކާއި، އެފިލިއޭޓް މެންބަރުންނާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާޖަމާޢަތްތަކުގެ މަންދޫބުން އެއްވެ، 2024-2025 ވަނަ އަހަރުގެ އދ.ގެ ޓޫރިޒަމް ޕްރޮގްރާމް އޮފް ވޯކް އާއި އޭޝިއާ ޕެސިފިކް ގެ މެންބަރު ޤައުމުތަކަށް އިސްކަންދޭ މުހިންމު މައުޟޫޢުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މިގޮތުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ތިމާވެށްޓާ ރައްޓެހި ސިޔާސަތުތައް ގެންގުޅުމަށާއި ގްރީން ޓްރާންސްފޯމޭޝަން ފަދަ އުކުޅުތައް މެދުވެރިކޮށް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އިތުރުކުރުން ފަދަ ކަންތައްތަކާމެދު ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުގެ މަޤްޞަދަކީ 2030 ވަނަ އަހަރުގެ އެޖެންޑާއާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަތުރުވެރިކަމުގެ ދާއިރާގައި އިނޮވޭޝަނާއި ރެޒިލިއަންސް ކުރިއެރުވުމެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތައް ތަމްރީނުކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

ދިވެހިރާއްޖެއަކީ އދ. ގެ ފަތުރުވެރިކަމުގެ ޖަމިއްޔާގެ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޗެއަރއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ