
މެލޭޝިއާގައި ރާއްޖޭގެ ލައިސެންސް ބޭނުން ކުރެވޭ ގޮތް ހަދައިފި
# ދިވެހިރާއްޖެ# މެލޭޝިއާ# ޑްރައިވިންގ ލައިސަންސްFZ8AhubaAAEOqLN
މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިންގ ލައިސެންސް ބޭނުން ކުރެވޭ ގޮތް ހަދައިފި އެވެ.

މެލޭޝިއާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ދެ ގައުމުގެ ލައިސެންސް އަނެއް ގައުމުން ބަލައިގަނެ، އެ ބޭނުންކޮށްގެން ދުއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮންގް އެވެ.
ގިނަ އަދަދެއްގެ ދިވެހިން އުޅޭ މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ބޭނުންކުރެވޭގޮތަށް ހެދުމަށް ދެގައުމުގެ ދެމެދުގައި މަޝްވަރާކުރަން ފެށީ ނިމިދިޔަ އަހަރު ނޮވެމްބަރު މަހު ތެރޭގައެވެ. މި އެއްބަސްވުމާއެކު ދެ ގައުމުގައިވެސް ލައިސަންސް ކާޑު ހޮލްޑަރުންނަށް ހުއްދަ ދެވިފައިވާ ވެހިކަލްތައް ދެ ގައުމުގައިވެސް ދުއްވުމުގެ ހުއްދަ އޮންނާނެ އެވެ.
އެ އެއްބަސްވުމަކީ ރާއްޖެ އާއި މެލޭޝިއާގެ ގުޅުން ރަމްޒު ކޮށްދޭ ކަމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މި އެއްބަސްވުމުގައި މިއަދު ސޮއިކުރި ނަމަވެސް އެއަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 12 އިން ފެށިގެންނެވެ.
ގުޅުންހުރި

ދުނިޔެއިން އަދި މިހާތަނަށް ރެކޯޑުކުރެވިފައި ނުވާ މަހެއް ރާއްޖެއިން ފެނިއްޖެ: ނަމަކަށް ކްރޯމިސް އަބަދަށް!

އަރްޖިތުގެ ކޮންސަޓެއް އަންނަ ނޮވެމްބަރު މެލޭޝިއާގައި!

މެލޭޝިއާގެ ޖެންޓިންގ ހައިލޭންޑްސްގައި އަލިފާނުގެ ބޮޑު ހާދިސާއެއް!
