
ދުނިޔެއިން އަދި މިހާތަނަށް ރެކޯޑުކުރެވިފައި ނުވާ މަހެއް ރާއްޖެއިން ފެނިއްޖެ: ނަމަކަށް ކްރޯމިސް އަބަދަށް!
# ދިވެހިރާއްޖެ--
ދުނިޔެއިން އަދި މިހާތަނަށް ރެކޯޑުކުރެވިފައި ނުވާ މަހެއް ރާއްޖެއިން ފެނިއްޖެ އެވެ.

ކަނޑުފަޅުތަކުގެ ދިރުންތަކާއި ބެހޭ މަޢުލޫމާތު އާންމުކުރާ މެރީން ޖާނަލް މޯލްޑިވްސްއިން މިއަދު ބުނީ މިމަސް ފެނިފައިވަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުން ކަމަށެވެ. އެއީ 95 މީޓަރާއި 110 މީޓަރާއި ދެމެދުގެ ފުންމިނަކުންނެވެ.
މީގެ 4 މަސް އިތުރަށް ދިރާސާކުރުމަށް ދަލެއް ބޭނުންކޮށްގެން ހިފައި ތަހުލީލު ކުރެވިފައިވާކަން ހާމަކުރެއެވެ. އެގޮތުން އިތުރަށް ކުރެވުނު ތަހުލީލުތަކާއި ދިރާސާއިން ސާފުވީ މިއީ ދުނިޔެއިން އަލަށް ރިކޯޑުކުރެވުނު މަހެއްގެ ގޮތުގައި ކަމަށް މެރީން ޖާނަލް މޯލްޑިވްސްގައި ބުނެފައިވެއެވެ.
މި މަހުގެ ދިރާސާތައް ކޮށްފައިވަނީ ބޭރުގެ ތަޖުރިބާކަރުންގެ ޓީމަކާއި ދިވެހި ޓީމެއް ގުޅިގެންނެވެ.
މި ކަނޑުފަޅުގެ ދިރާސާގެ ތެރެއިން ޖުމުލަ 8 ސަރަހައްދަކުން މިމަސް ރެކޯޑުކުރެވިފައިވެއެވެ. އެއީ ފާދިއްޕޮޅުން ފެށިގެން ނިލަންދެ އަތޮޅު ދެކުނުބުރީގެ ސަރަހައްދުތައް ހިމެނޭހެން ޖުމުލަ 180 ކިލޯމީޓަރުގެ ރާސްތާ ހިމެނޭހެންނެވެ. އެހެންކަމުން މިމަސް މުޅިރާއްޖޭގެ އެކި ހިސާބުތަކުން ފެންނާނެކަމަށް ބެލެވޭކަމަށް ދިރާސާގެ އަލީގައި މެރިން ޖާނަލް މޯލްޑިވްސްއިން ބުނެފައިވެއެވެ.
މި 6.9 ސެންޓިމީޓަރަށް ބޮޑުވާ ކުޑަކުޑަ މަހުގެ އާއިލާގެ އެހެން އެތައް ބާވަތެއް ދިވެހި ކަނޑުފަޅުތަކުން ފެނެއެވެ. މިއާއިލާއަށް ޖުމުލަކޮށް ދަނބާ ކިޔައެވެ.
އަލަށް ރެކޮޑުކުރެވުނު މަހަށް މިހާރު ވަނީ ނަންދީފައި އެވެ, އެގޮތުން އެމަހަށް ސައިންޓިފިކް ނަމެއްގެ ގޮތުގައި ދީފައިވަނީ " ކްރޯމިސް އަބަދަށް " އެވެ.
ގުޅުންހުރި

ދުނިޔެއިން އަދި މިހާތަނަށް ރެކޯޑުކުރެވިފައި ނުވާ މަހެއް ރާއްޖެއިން ފެނިއްޖެ: ނަމަކަށް ކްރޯމިސް އަބަދަށް!

ދިވެހިރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖެއާއި ސަޢުދީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
