ދިގު އިންތިޒާރެއްގެ ނިމުން: އަންނަ މަހު މެލޭޝިއާގެ ފުރަތަމަ އެޕަލް ސްޓޯރ ހުޅުވަނީ!
އަހުމަދު ޝުރާއު
5/29/2024, 9:55:24 AM
މެލޭޝިއާގައި ހުޅުވާ އެޕަލް ސްޓޯރ ގެ އެންމެ ފަހުގެ ތައްުޔާރީތައް
މެލޭޝިއާގައި އެޕަލްސްގެ ރަސްމީ އެޕަލް ސްޓޯރ އެއް ހުޅުވުމަށް ތައްުޔާރުވެއްޖެ އެވެ.
އެޕަލްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި އެޕަލްގެ ރަސްމީ ސްޓޯރއެއް މެލޭޝިއާގައި ހުޅުވުމަށް ހަމަޖެހިފައިވަނީ ވެރިރަށް ކުއަލަލަމްޕޫރުގައި އެވެ. އެގޮތުން މި ސްޓޯރ ހުންނާނީ ކުއާލަލަމްޕޫރުގެ އެކްސްޗޭންޖް ޓީއާރުއެކްސްގައި އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.
މީގެ ކުރިން އެޕަލްގެ ޕްރޮޑަކްޓުތައް މެލޭޝިއާގައި ވިއްކަމުން ދިޔައީ އެގައުމުގެ ރަސްމީ ޑީލަރ ދަ މެޝިންސް އާއި ސްވިޗް އިންނެވެ.
އެޕަލް ސްޓޯރު އެކްސްޗޭންޖް ޓީއާރުއެކްސްގައި ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު އަންނަނީ އެޕަލްއިން ވަމުންނެވެ. އެގޮތުން ރީތި ތަފާތު ޑިޒައިނެއްގައި ހުޅުވާ މި ސްޓޯރ ގެ ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށް މެލޭޝިއާގެ ނޫސްތަކުން ބުނެއެވެ.
މެލޭޝިއާގައި ފިހާރައެއް ހުޅުވަން އެޕަލް އިން އެޅި ފިޔަވަޅަކީ ޗައިނާއިން ބޭރުގައި އޭޝިއާގެ ސޭލްސް ފުޅާކުރުމަށް އެޕަލް އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެއް ފިޔަވަޅެވެ.
މިދިޔަ އަހަރު އެޕަލް އިން ވަނީ އައިފޯން އުފެއްދުމުގެ މައި ހަބެއް ކަމަށްވާ އިންޑިއާގައި އެކުންފުނީގެ ފުރަތަމަ ފިހާރަތައް ހުޅުވާފައި އެވެ.
އެޕަލް އިން މެލޭޝިއާގައި އައިފޯން އުފެއްދުމުގެ މަސައްކަތް ނުކުރި ނަމަވެސް އެ ކުންފުނިން ބައެއް މެކް މޮޑެލްތައް މެލޭޝިއާގައި އުފައްދައެވެ.
މީގެ ކުރިން އެޕަލް ސްޓޯރއެެއް މެލޭޝިއާއާއި އެންމެ ކައިރީގައި ހުންނަނީ އަވަށްޓެރި ސިންގަޕީރާއި ތައިލެންޑުގައި އެވެ.
ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުން އަންނަ މެލޭޝިއާގައި އެޕަލް ސްޓޯރ އެއް ހުޅުވުމަކީ ދިވެހީންގެ ގިނަ ބަޔަކުވެސް ކުރައްވަމުން އަދި ދިގު އިންތިޒާރެއްގެ ނިމުމެވެ. މިއާއި އެކު މެލޭޝިއާއިން އެޕަލްގެ ހިދުމަތްތައް އެންމެ އޮތެންޓިކްކޮށް ލިބުމުގެ ފުރުސަތު ހުޅުވިގެންދާއިރު އެޕަލްގެ ޕްރޮޑަކްޓުތަކުގެ އަގުވެސް މެލޭޝިއާގައި ހެޔޮވާނެ ކަމަށް ބެލެވެއެވެ.