logoEN
cocacola
އެއްޖިއްސުން ގުޅުން ހިންގި ތިން މީހަކަށް ދައުވާކޮށްދިނުމަށް ޕީޖީއަށް!

އެއްޖިއްސުން ގުޅުން ހިންގި ތިން މީހަކަށް ދައުވާކޮށްދިނުމަށް ޕީޖީއަށް!

އަހުމަދު ޝުރާއު

logo

8/9/2022, 4:34:07 PM

# އަލަމްގިރް

BeFunky-collage

ންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރުއާ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހެއް މައްޗަށް ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ގޮސިޔާ

ޕީޖީ އެފީހަކު އޮފިޝަލަކު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީގުގެ މައްޗަށް ދައުވާކޮށްދިނުމަށ އެދި ފުލުހުން މިއަދު ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. މިގޮތުން މި މީހުންގެ މައްޗަށް ދައުވާ އުފުލަން އެދިފައި ވަނީ ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ތުހުމަތުކޮށްފައިވާ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ގާނޫނުލްއުގޫބާތުގެ ދަށުން ވެސް އެ ކުށަށް ޖަލު އަދަބެއް އަންނާނެ އެވެ.

އަލަމްގިރި ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއި އެކު އެއްޖިއްސުން ގުޅުން ހިންގާ ވީޑިއޯ ތަކެއް އާންމުވާން ފެށީ މިދިޔަ މަހު އެވެ. އެގޮތުން އެންމެ ފުރަތަމަ ލީކް ވެފައިވަނީ ނާޒިމް ސައްތާރުގެ ވީޑިއޯއެކެވެ. އަދި އޭގެ ފަހުން ކުރީގެ މެމްބަރު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ގެ ވީޑީއޯ އެއް ވަނީ ލީކްކޮށްލާފައެވެ. މި ވީޑިއޯ ތަށް ފެންމަތިވުމާއި އެކު ފުލުހުން ވަނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް މާކުރިންވެސް އައިސްފައިވާ ކަމަށް ބުނެފައެވެ. އަދި މި ވީޑިއޯތަށް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދާ މައްސަލައެއް ބަލަމުން އަންނަ ކަމަށްވެސް ބުނެފައެވެ.

ފުލުހުން އަންނަނީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ 38 މީހެއްގެ ވީޑިއޯ އެނަލިސިސް ހަދަމުންނެވެ. މީގެ ތެރެއިން ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި މީހުންގެ މައްސަލަތައް ވަނީ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ