
563782932323232-1024x661-1
އެއްޖިއްސުން ގުޅުން ހިނގި ކަމުގެ ތުހުމަތު ކުރެވޭ އަދި ދިވެހި ފުލުހުންގެ މުއައްސަސާއިން މައްސަލަ ބަލަމުން އަންނަ 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އެގޮތުން މިހާތަނަށް މި މައްސަލައާއި ގުޅިގެން ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަަމަށެވެ.
ގިނަ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވީޑިއޯ ދެނެގަނެ ތަހުގީގު ހިންގާއިރު، ރާއްޖެ އިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
ފުލުހުން އަންނަނީ އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތަކުގައި ހިމެނޭ މީހުން ދެނެގަނެ، ސަރުކާރުގެ އެކި މަގާމްތަކުގައި އުޅޭ ނަމަ މުއައްސަސާތަކަށް ތަހުގީގު ހިނގާކަން އަންގަމުންނެވެ. އެގޮތުން ބައެއް މުވައްސަސާތަކުގައި މިވަގުތު ތިބި ބައެއް ފަރާތްތަށް ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.