
އަލްމްގިރް އާއި އެކު އެއްޖިންސުން ގުޅުން ހިނގަނިކޮށް ވީޑީއޯ ލީކްވި ރާފިއު ފުލުހަށް ހާޒިރުވާން އަންގައިފި
# ފުލުހުން# އަލަމްގިރްbig_gm6Yqk8zARfV7FwVN3fEJ48PC
ގިނަ އަދަދެއްގެ ފިރިހެނުންނާ އެއް ޖިއްސުން ގުޅުން ވީޑިއޯ ކުރި ބަންގްލަދޭޝްގެ އެމްޑީ އަަލަމްގީރު އާއި އެކު އެއްޖިންސުން ގުޅުން ހިނގަނިކޮށް ވީޑިއޯ ލީކްވި އިބްރާހިމް ރާފިއު (ރާއްޕެ) ނުފެނިގެން އޭނާ ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރު ކުރުމަށް ބޭނުންވެ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ އާއި އޭނާ އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
ރާފިއު ހާޒިރުވާން އަންގާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 2:00 ޖަހާއިރަށެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓް ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރަން ވެސް ވަނީ އެދިފަ އެވެ.
މައުލޫމާތު ލިބޭގޮތުގައި އަލަމްގިރް އާއި އެކު އެއްޖިންސުން ގުޅުން ހިނގާ ވީޑިއޯ ލީކްވުމާއި އެކު ރާފިއު ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. ވީޑިއޯ ލީކްވި އިރު ރާފިއު ހުރީ ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައެވެ. ނަމަވެސް އޭނާ ވަނީ އެމަޤާމުން ވަކިކޮށްފައެވެ.