logoEN
cocacola
ގޯސިޔާ ފެންޓަސީ ޕްރިމިއާ ލީގަށް ޖޮއިން ކޮށްފިންތަ؟

ގޯސިޔާ ފެންޓަސީ ޕްރިމިއާ ލީގަށް ޖޮއިން ކޮށްފިންތަ؟

އަހުމަދު ޝުރާއު

logo

8/10/2022, 3:25:04 PM

# ގޯސިޔާ

OG GOSIYA FPL

މިއޮތީ ފުޓްބޯޅައިގެ ފޭނުންނަށް އެންމެ ފޯރި ގަދަ އެއްދުވަސްވަރު އައިސްފައެވެ. އެންމެ ގިނަ ސަޕޯޓަރުންތަކެއް ހިމެނޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގް ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގް މިވަނީ ފެށިފައެވެ.

ގޮސިޔާ

އީޕީއެލްއާއި އެކު ދިވެހިންވެސް މިހާރު ކުރާ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ފެންޓަސީ ޕްރިމިއާ ލީގް ކުޅުމެވެ. އެކަކަށްވުރެ އަނެކަކު ބަލަނީ މެޗްވީކް ނިމޭއިރު ޕޮއިންޓުގެ ކުރިޔަށް ޖެހިލެވޭތޯ އެވެ. ބޮޑެތި ޓްރާންސާފަރތަށް އެފްޕީއެލްގައި ވެސް ކޮށްލައެވެ.

އެފްޕީއެލް ރާއްޖޭގައި ވަރަށް ބޮޑަށް މަޝްހޫރު ވެއްޖެ އެވެ. އަަދި މިކަމަށް ގިނަ ވިޔަފާރިތަކުން ވަނީ އަންނަނީ ޕްރޮމޯޝަންތަށް ޖައްސަމުންނެވެ.

undefined

މިގޮތުން މިފަހަރު މިއޮތީ ގޯސިޔާ އެވެ. ގޯސިޔާއިން މިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފްޕީއެލް ލީގެއް ފަށާފައެވެ. ފުރަތަމަ މެޗްވީކަށް ފަހު ފެށުނު ނަމަވެސް އިނާމުތަށް ސަޅި އެވެ.

އެފްޕީއެލްގެ މި ސީޒަނުގެ އެއްވަނައަށް ދާ މެނޭޖަރަކަށް ގޯސިޔާއިން މިވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ. އަދި ދެވަނައަށް ދާ މެނޭޖަރަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު ތިން ވަނަ އަށް ދާ ފަރާތަށް 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

އަދި މިވަރުން މި ނިމުނީކީ ނޫނެވެ. ގޯސިޔާއިން ވަނީ ކޮންމެ މަހެއްގައި ވެސް އެންމެ ކުރީގައި އޮންނަ މެނޭޖަރަށް ގޯސިޔާގެ ތިނަދޫ އައުޓްލެޓުން 400 ރުފިޔާގެ ވައުޗަރެއް ދިނުމަށް ނިންމާފައެވެ.

ގޯސިޔާއިން ވަނީ ޕްރިމިއާ ލީގުގެ މެޗުތަށް ބެލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. އަދި ޚާއްސަކޮށް ޒުވާނުންނަށް ޚާއްސަކޮށްގެން ގޯސިޔާގައި ހަދާފައިވާ ލައުންޖުންވެސް ޕްރިމިއާ ލީގުގެ މެޗުތަށް ބަލާލެވޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ