
ހުވަދޫ ސްވިމިންގ ކްލަބާއި ގުޅިގެން ނިޑްސްއިން ނަޑެއްލާގައި ކުރިޔަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި
# ނަޑެއްލާ# ހުވަދޫ ސްވިމިންގ ކްލަބް# ނިޑްސްGMG_1648
ހުވަދޫ ސްވިމިންގ ކްލަބް (އެޗްއެސްސީ) އާ ގުޅިގެން ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑްސް) އިން ގދ. ނަޑެއްލާގައި ކުރިޔަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި އެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެރަށުގައި ކުރިޔަށް ގެންދިޔަ ފަތަން ދަސްކޮށްދޭ ޕްރޮގްރާމަކީ ސްކޫލްކުދިންނަށާއި ބޮޑެތިމީހުންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ހުވަދޫ ސްވިމިންގ ކްލަބުގެ ދެ އިންސްޓަރަކްޓަރުން ވަނީ ބައިވެރިންނަށް ފަތަން ދަސްކޮށްދިނުމުގައި ހަރަކާތްތެރިވެފައެވެ.
މި ޕްރޮގްރާމް ނިންމުމަށްޓަކައި މިއަދު ނަޑެއްލާގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. އެގޮތުން މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ސްކޫލްކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ޖުމުލަ 86 ދަރިވަރަކުގެ ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި 25 މީޓަރަށް 36 ދަރިވަރަކު ފަތާފައިވާއިރު 50 މީޓަރަށް 50 ދަރިވަރުން އަދި 100 މީޓަރަށް 2 ކުއްޖަކު ވަނީ ފަތާފައެވެ. އަދި 200 މީޓަރާއި 150 މީޓަރު ފުރިހަމަކޮށްފައިވަނީ ދެ ކެޓަގަރީއިންވެސް 1 ކުދިންނެވެ.
ބޮޑެތި މީހުންނަށް ފަތަން ދަސްކޮށްދިނުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމް ޖުމުލަ 25 ބައިވެރިން ވަނީ ފުރިހަމަ ކޮށްފައެވެ.
މި ދެ ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށްވެސް ވަނީ މިއަދު ޕްރޮގްރާމް ފުރިހަމަ ކުރި ކަމުގެ ލިޔުން ދީފައެވެ.
ނިޑްސްއިން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމަކީ ޔޫތް މިނިސްޓްރީގެ އެހީގައި މި ޖަމްޢިއްޔާއިން ކުރިއަށް ގެންދާ ހޮޅުއަށި މަޝްރޫޢުގެ ދަށުން ހުވަދޫ ސްވިމިންގ ކްލަބާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.
ހުވަދޫ ސްވިމިންގ ކްލަބަކީ ހުވަދު އަތޮޅުގައި ފެތުމުގެ ދާއިރާއިން ގިނަ އަދަދެއްގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ހިންގުންތެރި ޖަމިއްޔާއެކެވެ. އެންމެ ފަހުން އެ ކްލަބުން އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވަނީ ގއ. ކަނޑުހުޅުދޫގައެވެ.
ނިޑްސް އަކީ ގދ. ނަޑެއްލާގެ ތަރައްގީއަށް މަސައްކަތް ކުރަމުން އަންނަ، ޒުވާން ޓީމެއްގެ މައްޗަށް އެކުލެވިގެންވާ ހީވާގި ޖަމިއްޔާއެކެވެ.
ގުޅުންހުރި

ހުވަދޫ ސްވިމިންގ ކްލަބުގެ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް މިމަހުގެ 10 ގައި ތިނަދޫގައި ފަށަނީ

ފެތުމުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ތިނަދޫ 3 ސްކޫލަށްވެސް ފާހަގަކޮށްލެވޭ ގިނަ ވަނަތަކެއް

ނިޑްސްއިން ކުރިޔަށް ގެންދިޔަ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ނިންމާލައިފި
