
Capture-6
ގދ.ނަޑެއްލާގައި ބޭނުންކުރަމުން އައި ބައު އިންޖީނުގެ ހުއްޓާލައި، އެ ރަށު އާ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި އެވެ.

ފެނަކަ އިން ބުނީ ނަޑެއްލާގައި 27 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
ނަޑެއްލާގައި ތަރައްޤީކުރި އާއިންޖީނުގެއަކީ ކުރީގެ އިންޖީނުގެ ހުރި ސަރަހައްދާއި ދުރު އަދި ޚާއްސަކޮށް އެރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި ތަރައްޤީކުރި އިންޖީނުގެއެކެވެ.
އަލަށް އިމާރާތްކުރި އިންޖީނުގެއާއި އެކު ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއްގެ އިތުރުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ވަނީ ހަދާފައެވެ.
ފެނަކައިން މިހާރު ތަރައްޤީކުރަމުން އަންނަ އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ. އަދި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށްވެސް ފެނަކައިން މައުލޫމާތުދެ އެވެ.
ނަޑެއްލާގައި ޒަމާނީ އާއިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފެށީ ރައީސް ސޯލިހްގެ ސަރުކާރުންނެވެ. އެގޮތުން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ގޮސްފައިވަނީ މިއަހަރުގެ ކުރީ ކޮޅުއެވެ.
ގުޅުންހުރި

ކެންދޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް 400 ކވ ގެ ޖަނަރޭޓަރު ސެޓެއް ފޮނުވަނީ، 48 ގަޑިއިރުގެ ތެރޭގައި ދާއިމި ހައްލެއް ލިބޭނެ - ފެނަކަ

ތިނަދުއަށް ފެން ޕްލާންޓު ހޯދީ އެންމެ އަވަސްވާނެ ގޮތަށް އުސޫލުތަކުގެ ތެރެއިން: ފެނަކަ

ރަށްރަށުގެ މަގު ބައްތި ރައްކާތެރި މިންގަނޑާ އެތްގޮތްކުރުމަށް ފަސޭހަ އަދި އަވަސް ގޮތްތަކެއް ހޯދަނީ
