logoEN
Sto top
ނިޑްސްއިން ކުރިޔަށް ގެންދިޔަ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ނިންމާލައިފި

ނިޑްސްއިން ކުރިޔަށް ގެންދިޔަ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

8/21/2022, 11:41:54 PM

# ނިޑްސް

293964265_1984437888416017_1329039155512823788_n

ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ އިން ނަޑެއްލާގައި ކުރިއަށް ގެންދިޔަ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

Wamco

މި ޕްރޮގްރާމަކީ އޭސިއާ ފައުންޑޭޝަން މޯލްޑިވްސް ސީ.އެސް.އޯ ސްޓްރެންތެނިންގ ޕްރޮޖެކްޓްގެ ދަށުން ނިޑްސް ޖަމިއްޔާއިން އެރަށުގައި ކުރިޔަށް ގެންދިޔަ ކޯހެކެވެ.

ޖުމްލަ 2 ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ފުރަތަމަ ބައި ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް 9 އިން އޮގަސްޓް 11 އަށެވެ.

undefined

ފުރަތަމަ ސެޝަންތަކުގައި އައިޓީއާއި ގުޅުންހުރި ޓްރެއިނިންގ ޕްރޮގްރާމްތަކާއި މަޢުލޫމާތު ސެޝަންތަކެކެވެ. އެގޮތުން އައި.ސީ.ޓީ އާއި، ޑީޖިޓަލް ޕްލެޓްފޯމް، ސޯޝަލް މީޑިއާއަށް އަހުލުވެރިކުރުމުގެ އިތުރުން މައިކްރޯސޮފްޓް ޕަވަރޕޮއިންޓް ބޭނުންކޮށްގެން ޕޯސްޓަރ ޑިޒައިންކުރުމާއި، ވީޑިއޯ އެޑިޓް ކުރުމާއި، އޮންލައިންކޮށް ޑާޓާ ޝެއަރކުރުމާއި ޑާޓާ މެނޭޖުކުރުންފަދަ ކަންކަމަށްވަނީ އަހުލުވެރިކުރެވިފައެވެ.

undefined

މި ޕްރޮގްރާމްގެ ދެވަނަ ބައި ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް 19 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބައިގެ ސެޝަންތަކުގައި ޓައިމް މެނޭޖްމަންޓް، ލީޑަރޝިޕް ސްކިލްސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ވޮލަންޓިއަރ މެނޭޖްމަންޓް ފަދަ ސެޝަންތައް ވަނީ ކުރިއަށްގެންދެވިފައެވެ.

undefined

އެ ޖަމްޢިއްޔާގެ އެކުސްކޯ މެމްބަރުންގެ އިތުރުން ވޮލަންޓިއަރުންނާއި ޒުވާން ކުދިންގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމައި ބައިވެރިންނަށްވަނީ ހަނދާނީ ލިޔުން ދެވިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside