logoEN
cocacola
އެއްްޖިންސުން ގުޅުން ހިންގި މައްސަލާގައި ކަސްޓަމްސްގެ 2 މުވައްޒަފަކު ސަސްޕެންޑްކޮށްފި

އެއްްޖިންސުން ގުޅުން ހިންގި މައްސަލާގައި ކަސްޓަމްސްގެ 2 މުވައްޒަފަކު ސަސްޕެންޑްކޮށްފި

އަލްފާ އަލީ

logo

8/6/2022, 8:34:27 PM

# އަލަމްގިރް

1509000227

އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 2 މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.

ގޮސިޔާ

ކަސްޓަމްސް ގެ މީޑިއާ އޮފިޝަލް ވަނީ އެކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

ބަންގްލަދޭޝްގެ އަލަމްގީރްއާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނައިރު، އެމައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ވީޑިއޯތަކުން ފެންނަނީ ކޮންބައެއް ކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އަލްމްގީރުގެ އިތުރުން ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް)، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރުއެވެ.

މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ޓީޗަރުންތަކެއް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހޯމް މިނިސްޓްރީގެ މުވައްޒަފަކުވެސް ސަސްޕެންޑް ކޮށްފައިވެއެވެ. އޭގެއިތުރުން މަޖިލިސް އިދާރާގެ މުވައްޒަފަކުވެސް ވަނީ މި މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައެވެ. އެހެންނަމަވެސް މި މައްސަލައާގުޅިގެން އިތުރު އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ