logoEN
cocacola
އަލަމްގިރިއާއިއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

އަލަމްގިރިއާއިއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

އަހުމަދު ޝުރާއު

logo

8/6/2022, 11:59:03 AM

# އަލަމްގިރް

alamgiri

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގީރް އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ތަހުގީގުގައި އެދިއްޖެއެވެ.

ގޮސިޔާ

މި ނޫހަށް އެނގިފައިވާ ގޮތުގައި އިއުތިރާފުގެ އެއްބަސްވުން ހެދުމަށް އަލަމްގީރް ހުށަހެޅި ހުށަހެޅުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ. އެފަދަ އެއްބަސްވުންތައް ހަދަނީ ކުށުގެ ތުހުމަތު ކުރެވޭ މީހާ އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދުއެވެ.

ތުހުމަތު ކުރެވޭ މީހާއާއި ޕްރޮސެކިއުޓާ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތު ކުރެވޭ މީހާ ކުށަށް އިއުތިރާފްވެއްޖެނަމަ ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ލިޔުމުން އެއްބަސްވުމެއް ވެވެއެވެ. ގިނަ އަދަދެއްގެ މީހުން ހިމެނޭ ބޮޑެތި މައްސަލަތުގައި ދައުލަތުން ވަރަށް ގިނައިން އެފަދަ އެއްބަސްވުންތައް ހަދައެވެ.

މާލޭގައި ހުންނަ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި ޒުވާން އަލަމްގީރް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ލީކް ކުރަން ފަށައިފައެވެ.

އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުން އަންނަ މައްސަލަ މިދިޔަ މާޗް މަހުން ފެށިގެން ފުލުހުންގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ. އެ މައްސަލައިގައި މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ