logoEN
cocacola
އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

އަލްފާ އަލީ

logo

8/5/2022, 4:48:57 PM

# އަލަމްގިރް

110151-img md 202206281029511656437391

އަލަމްގީރު އާ އެކު އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ތުހުމަތުވާ ހޯމް މިނިސްޓްރީގެ މުވައްޒަފަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.

ގޮސިޔާ

ހޯމް މިނިސްޓްރީން ވިދާޅުވީ، ވީޑިއޯއާއި ގުޅޭ މައްސަލައެއްގެ ތުހުމަތުގައި މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ލީކުވެފައި ވީޑިއޯތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ބަންގްލަދޭޝަށް ނިސްބަތްވާ އަލަމްގީރުއާ އެކު އިތުރު ދެ ފިރިހެނަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ ވަނީ ލީކުކޮށްލާފަ އެވެ. އެ ވީޑިއޯއިން ފެންނަ އެކަކަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ތުހުމަތު ކުރެ އެވެ.

ރޭ ލީކު ކޮށްލި އެ ވީޑިއޯއިން ދެން ފެންނަނީ މާލޭ ސްކޫލެއްގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރެކެވެ. އެ ޓީޗަރުވެސް މިހާރުވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން ތިން މީހުންނަކީ އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުން ހިންގި މީހުންނެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއު އެވެ. އެމީހުންގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދެން ހައްޔަރު ކޮށްފައި ވަނީ ނޫސްވެރިޔާ އަބްދުﷲ ނަސީރު އެވެ.

އަލަމްގިރި ވެސް ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާ ހައްޔަރުކުރި ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރީ ވީޑިއޯތައް ބޭނުން ކޮށްގެން މީހުން ބްލެކްމެއިލް ކުރުމުގެ ތުހުމަތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ